ދިވެހިރާއްޖެ
އިޢުލާން
ކ.ގުރައިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާއި ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކުގެ ގޯތި ނަންބަރު ޢާއްމުކުރުން
ކ. ގުރައިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)338-ESMS/338/2024/62 (09 ސެޕްޓެމްބަރ 2024) އިޢުލާނާއި ގުޅިގެން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި 18 އޯގަސްޓް 2025 ވަނަ ދުވަހު ބޭއްވުނު ގުރުއަތުލުމުގައި، އެފަރާތްތަކަށް ލިބުނު ގޯތީގެ ނަންބަރުތައް މި ޢިއުލާނާއިއެކު ޢާއްމު ކުރީމެވެ. އަދި ކ.ގުރައިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލުގެ 28 ވަނަ މާއްދާގައިވާ ގޮތަށް ކ. ގުރައިދޫއިން ގޯތި ލިބިފައިވާ ފަރާތްތަކުން އެއްގޯތި އަނެއް ގޯއްޗަށް ބަދަލުކުރުމަށް ބޭނުންވާނަމަ 20 އޯގަސްޓް 2025 އިން ފެށިގެން ރަސްމީ ހަތްދުވަހުގެ ތެރޭގައި (31 އޯގަސްޓް 2025 ގެ ނިޔަލަށް) ގޯތި ބަދަލުކުރުމަށް ބޭނުންވާ ދެފަރާތުން މިކައުންސިލަށް ސިޓީއަކުން ހުށަހަޅަންވާނެއެވެ.