ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ރެޖިސްޓަރޑް ނަރސް - ގއ. ގެމަންފުށީ ސިއްޙީމަރުކަޒު

`

 

ގއ. ގެމަނަފުށީ ޞިއްޙީ މަރުކަޒު

ދިވެހިރާއްޖެ    

                                                            ނަމްބަރ : (IUL)GHC/2025/04

 

 

އިޢުލާން

މަޤާމް

ރެޖިސްޓަރޑް ނާރސް

ސްޕެޝަލައިޒޭޝަން

ނަރސިންގ، ނަރސިންގ އެންޑް މިޑްވައިފަރީ، ނަރސިންގެ ޚާއްޞަ ދާއިރާތައް

މަޤާމުގެ ނަމްބަރ

J412069

ބޭނުންވާ ޢަދަދު

01

މަޤާމުގެ ގިންތި

ދާއިމީ

ޕަބްލިކް ސާރވިސް ރޭންކް

ޕަބްލިކް ސާރވިސް ރޭންކް 5 ( ސްޓެޕް 01 )

ޕަބްލިކް ސާރވިސް ރޭންކް 7 ( ސްޓެޕް 01 )

ވަޒީފާ އަދާކުރަންޖެހޭ ތަން

ގއ. ގެމަނަފުށީ ޞިއްޙީ މަރުކަޒު / ގއ. ގެމަނަފުށި

 

މަޤާމް

ރޭންކް

އަސާސީ ޝަރުޠު

އަސާސީ މުސާރަ

މަޤާމުގެ އެލަވަންސް

ޙާޟިރީ ޢިނާޔަތް

ރެޖިސްޓަރޑް ނާރސް

PS-5.1

  1. މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

11,428.00

5,333.00

144.00

( މަސައްކަތަށް ޙާޒިރުވާ ކޮންމެ ދުވަހަކަށް )

ރެޖިސްޓަރޑް ނާރސް

PS-7.1

  1. މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަ ނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

13,057.00

6,094.00

165.00

( މަސައްކަތަށް ޙާޒިރުވާ ކޮންމެ ދުވަހަކަށް )

 

 

 

އެހެނިހެން ޢިނާޔަތްތައް

  1. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސާރވިސްގެ ޕޭ ފްރޭމްވާރކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
  3. ސިވިލް ސާރވިސްގެ ޕޭ ފްރޭމްވާރކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ނައިޓްޝިފުޓް އެލަވަންސް.
  4. ސިވިލް ސާރވިސްގެ ޕޭ ފްރޭމްވާރކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބަންދު ދުވަހުގެ އެލަވަންސް. 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް

ރެޖިސްޓަރޑް ނާރސް ( ޕަބްލިކް ސާރވިސް ރޭންކް 5 ސްޓެޕް-1 ):

  1. ބަލި މީހުންނަށް ބޭނުންވާ ޖިސްމާނީ ، އިޖުތިމާޢީ އަދި ނަފުސާނީ ފަރުވާ ދިނުމުގައި ނާރސިންގ ކެއަރގެ ޕްލޭންއެހެން ޞިއްޙީ ޕްރޮފެޝަނަލުންނާއެކު ވިލަރެސް ކޮށްގެން ރާވައި އެ ޕްލޭނާ އެއްގޮތަށް ފަރުވާ ދިނުން.
  2. ބަލިމީހުންނަށް ބޭނުންވާ ހޯލިސްޓިކް ނާރސިންގ ކެއަރ ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ދެވޭނެގޮތް އިންތިޒާމުކޮށް ރައްކާތެރި ކަމާއެކު ޚިދުމަތްދީ ދެވޭ ޚިދުމަތްތައް މޮނިޓަރ ކުރުމާއި އިވެލުއޭޓް ކުރުން.
  3. ބަލިމީހާ އާއި ބަލިމީހާގެ ޢާއިލާ ތަކުން ބަލިން ރައްކާތެރި ވުމާއި، ފަރުވާ  ކުރުމާއި، ކެއަރ ދިނުމާއި ބެހޭގޮތުން ކުރާ ސުވާލު ތަކަށް ޖަވާބު ދީ އޮޅުން ފިލުވައި ދިނުން.
  4. ބަލިމީހުންނަށް ލިޔެ ދީފައި ހުންނަ ޑޮކްޓަރީ ބޭހާއި އެއްގޮތަށް ފަރުވާ ދިނުމާއިއެ ފަރުވާ އަށް ބަލިމީހާގެ ޙާލަތު ބަދަލުވަމުން އަންނަގޮތް ބަލަމުން ގެންދިއުމާއި، ބަލިމީހާއަށް ޚާއްޞަ ޞިއްޙީ ޕްރޮފެޝަނަލުންގެ ޚިދުމަތް ބޭނުންވާ ޙާލަތް ތަކުގައި އެކަންތައްތައް ފެސިލިޓޭޓް ކޮށްދިނުން.
  5. ބަލިމީހާގެ ޞިއްޙީ މަޢުލޫމާތާއި ދެވުނު ބޭސް ފަރުވާގެ މަޢުލޫމާތު ރެކޯޑު ކުރާ ނިޒާމުގައި ލިޔެ އަދާހަމަ ކުރުން.

ރެޖިސްޓަރޑް ނާރސް ( ޕަބްލިކް ސާރވިސް ރޭންކް 7 ސްޓެޕް-1 ):

  1. ބަލި މީހުންނަށް ބޭނުންވާ ޖިސްމާނީ ، އިޖުތިމާޢީ އަދި ނަފުސާނީ ފަރުވާ ދިނުމުގައި ނާރސިންގ ކެއަރގެ ޕްލޭންއެހެން ޞިއްޙީ ޕްރޮފެޝަނަލުންނާއެކު ވިލަރެސް ކޮށްގެން ރާވައި އެ ޕްލޭނާ އެއްގޮތަށް ފަރުވާ ދިނުން.
  2. ބަލިމީހުންނަށް ބޭނުންވާ ހޯލިސްޓިކް ނާރސިންގ ކެއަރ ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ދެވޭނެގޮތް އިންތިޒާމުކޮށް ރައްކާތެރި ކަމާއެކު ޚިދުމަތްދީ ދެވޭ ޚިދުމަތްތައް މޮނިޓަރ ކުރުމާއި އިވެލުއޭޓް ކުރުން.
  3. ފަރުވާދޭ މާޙައުލުގަޔާއި މުޖުތަމަޢުގައި ހިންގޭ ނަރުހުންނަށް އުނގަންނައި ދިނުމުގެ ޙަރަކާތްތަކާއި، ޞިއްޙީ ހޭލުންތެރި ކަމާއި، ދުޅަހެޔޮ ޞިއްޙަތަށް އަމާޒުކޮށްގެން ހިންގޭ ޙަރަކާތްތައް ރޭވުމާއި ހިންގުމުގައި ބައިވެރިވުން. 
  4. ބަލިމީހާ އާއި ބަލިމީހާގެ ޢާއިލާ ތަކުން ބަލިން ރައްކާތެރި ވުމާއި، ފަރުވާ  ކުރުމާއި، ކެއަރ ދިނުމާއި ބެހޭގޮތުން ކުރާ ސުވާލު ތަކަށް ޖަވާބު ދީ އޮޅުން ފިލުވައި ދިނުން.
  5. ބަލިމީހުންނަށް ލިޔެ ދީފައި ހުންނަ ޑޮކްޓަރީ ބޭހާއި އެއްގޮތަށް ފަރުވާ ދިނުމާއިއެ ފަރުވާ އަށް ބަލިމީހާގެ ޙާލަތު ބަދަލުވަމުން އަންނަގޮތް ބަލަމުން ގެންދިއުމާއި، ބަލިމީހާއަށް ޚާއްޞަ ޞިއްޙީ ޕްރޮފެޝަނަލުންގެ ޚިދުމަތް ބޭނުންވާ ޙާލަތް ތަކުގައި އެކަންތައްތައް ފެސިލިޓޭޓް ކޮށްދިނުން.
  6. އެހެން ނަރުހުންނައިބަލިމީހުންނަށް ޕާރސަނަލް ކެއަރދޭ އެހެން ޞިއްޙީ ޚިދުމަތްތެރިން ސްޕަރވައިޒްކޮށް އެފަރާތް ތަކުގެ މަސައްކަތް ވިލަރެސް ކުރުން.
  7. ބަލިމީހާގެ ޞިއްޙީ މަޢުލޫމާތާއި ދެވުނު ބޭސް ފަރުވާގެ މަޢުލޫމާތު ރެކޯޑުކުރާ ނިޒާމުގައި ލިޔެ އަދާހަމަ ކުރުން.

މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ދާއިރާ ތައް

  • އެނެސްތެޓިކް ކެއަރ
  • ކްރިޓިކަލް ކެއަރ
  • ނާރސިންގ
  • ނާރސިންގ އެންޑް މިޑްވައިފަރީ
  • ނަރސިންގ އެންޑް ޕީޑިއެޓްރިކްސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  • ނާރސިންގ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

  https://www.csc.gov.mv/Policy/Index/51

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ( މުއްދަތު ހަމަވެފައިވީ ނަމަވެސް ) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓު ތަކުގެ ކޮޕީ ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓު ތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތް ތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓު ތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ލައިސަންސް ނުވަތަ ރެޖިސްޓްރޭޝަން
  2. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުން ތަކުގެ ކޮޕީ :

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާ އެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތު ( އަހަރާއި މަހާއި ދުވަސް އެގޭގޮތަށް )، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމު ތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށް ދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތު ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް )، ވަޒީފާގެ މަސްއޫލިއްޔަތު ތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީ ނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާ އެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ އާއި ވަޒީފާ އަދާކުރި މުއްދަތު ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް )، ވަޒީފާގެ މަސްއޫލިއްޔަތު ތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމު ތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް ) ވަކިވަކިން ބަޔާން ކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

     

 

ހުށަހަޅަން ޖެހޭ ލިޔުންތައް

 

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ  ނުވަތަ  ޖަމާއަތެއްގައި  މަސައްކަތް ކޮށްފައި ވާނަމަ، އަދާ ކޮށްފައިވާ ވަޒީފާ އާއި ވަޒީފާ އަދާކުރި މުއްދަތު ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް )، ވަޒީފާގެ މަސްއޫލިއްޔަތު ތައް ( އެއް އިދާރާ އެއްގެ ތަފާތު މަޤާމު ތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން ( މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަ ދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާން ކޮށްފައި އޮންނަން ވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަން ވާނެއެވެ.)

(ބ)  ދައުލަތުގެ އުވައިލައިފައިވާ އިދާރާ އެއްގައި ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާ އެއްގައި ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައި ވާނަމަ، އަދާކޮށްފައިވާ ވަޒީފާ އާއި ވަޒީފާގެ މުއްދަތު ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް )، ވަޒީފާގެ މަސްއޫލިއްޔަތު ތައް ( އެއް އިދާރާ އެއްގެ ތަފާތު މަޤާމު ތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން  ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ، ރެކްރޫޓްމަންޓް  އުޞޫލުގެ  ޖަދުވަލު 8 ގައިވާ " އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް ".

މުއްދަތު ހަމަނުވާ ލައިސަންސް އަދި ރެޖިސްޓްރޭޝަން ( އެޓެސްޓް ކުރެވިފައި )

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ރެޖިސްޓަރޑް ނާރސް ( ޕަބްލިކް ސާރވިސް ރޭންކް 5 ސްޓެޕް-1 ):

  • އަސާސީ ޝަރުޠު ހަމަވުމުން ދެވޭ ޕްއިންޓް  %35
  • ޝަރުޠު ހަމަވުމަށް ބޭނުންވާ ތަޖުރިބާގެ އިތުރުން ލިބިފައިވާ ތަޖުރިބާއަށް ދެވޭ ޕޮއިންޓް

( ގިނަވެގެން 15 ޕޮއިންޓް ) 

  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން  %50

ރެޖިސްޓަރޑް ނާރސް ( ޕަބްލިކް ސާރވިސް ރޭންކް 7 ސްޓެޕް-1 ):

  • އަސާސީ ޝަރުޠު ހަމަވުމުން ދެވޭ ޕްއިންޓް  %35
  • ޝަރުޠު ހަމަވުމަށް ބޭނުންވާ ތަޖުރިބާގެ އިތުރުން ލިބިފައިވާ ތަޖުރިބާއަށް ދެވޭ ޕޮއިންޓް

( ގިނަވެގެން 15 ޕޮއިންޓް ) 

  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން  %50

ނޯޓް: މި ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް " ނަރުހުންގެ ޖޮބްމެޓްރިކްސް ތަކުގެ މަޤާމު ތަކަށް މީހުން ހޮވުމާއި، ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 " ގައި ބަޔާން ކޮށްފައި ވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

  • މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅަންވާނީ 26 އޯގަސްޓް 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ގއ. ގެމަނަފުށީ ޞިއްޙީ މަރުކަޒަށެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ.
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައި ގަނެވޭނެއެވެ.
  • ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރ ޖެހުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ( އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނި ކުރުމަށްފަހު )، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 26 އޯގަސްޓް 2025 އާއި 25 ސެޕްޓެމްބަރ 2025 އާއި ދެމެދުގެ ތާރީޚެއްގައި ގއ. ގެމަނަފުށީ ޞިއްޙީ މަރުކަޒު ގައެވެ. 

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު) ޢާންމު ކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތް ތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް ( A2 ޝީޓު ) " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާ އަށް ހުށަހަޅަން ވާނެއެވެ. ([email protected])

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފު ކުރުމަށް ގުޅާނީ 6824755 އަށެވެ. އީ-މެއިލް ކުރާނީ ga.gemanafushihc.gov.mv އަށެވެ.
  • " ނަރުހުންގެ ޖޮބް މެޓްރިކްސްގެ މަޤާމު ތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑު ތަކާއި އުޞޫލުތައް 2023 " އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/33) އަދި http://www.csc.gov.mv/dv/recruitment-usool ) ) އިން ލިބެން ހުންނާނެއެވެ.
     

 

 

 

 

 

 

 

19 އޮގަސްޓް 2025
ހޯދާ