އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނަށް ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ

މިއޮފީހުގެ ލީގަލް އެއިޑްގެ މަސައްކަތަށް ކޮންސަލްޓެންޓަކު ހޯދުމަށް ކުރެވުނު ނަންބަރު IUL)32-A/1/2015/52)ފ(31 އޮގަސްޓު 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް ބޭފުޅުން ކުރިމަތިލައްވާފައިނުވާތީ، މިކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ މުއްދަތު އިތުރުކޮށް، ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މިކަމާބެހޭ ތަފުސީލު ތިރީގައި އެވަނީއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީތަނަވަސްކަންނެތް މީހުންނަށް މިއޮފީހުން ދެމުންގެންދާ ޤާނޫނީ އެހީތެރިކަން ދެއްވުމަށްޓަކައި، އަންނަނިވި މައްސަލަތަކުގައި ޤާނޫނީ ވަކީލުން މިއޮފީހަށް ހޯދަން ބޭނުންވެއެވެ.

  1. މަސްތުވާތަކެތީގެ ވިޔަފާރިކުރުން އަދި ރާއްޖެ އެތެރެކުރުން
  2. ޓެރަރިޒަމްގެ މައްސަލަތައް
  3. މަރުގެ މައްސަލަތައް

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 13:30 ގެ ނިޔަލަށް ސިޓީ ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިކަމާބެހޭ އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މިއޮފީހުގެ ނަންބަރު 3010100 ފޯނާ ގުޅުއްވުން އެދެމެވެ.

21 ޛުލްޙިއްޖާ 1436

04 އޮކްޓޫބަރު 2015
ހޯދާ