ދިވެހިރާއްޖެ
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެންމެހާ އިމާރާތްތަކާއި، އަދި އިމާރާތްތައް ހިމެނޭ މަގުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން އެއްވަނަ އިސްލާޙް (އެމެންޑްމަންޓް 1)
01 އަހަރު ދުވަހުގެ މުއްދަތަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ އެންމެހާ އިމާރާތްތަކާއި، އަދި އިމާރާތްތައް ހިމެނޭ މަގުތައް ކުނިކަހާ، ފޮޅާ ސާފު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނުގެ ބީލަން ހުށައެޅުމަށް ހަމަޖެހިފައިވާ ތާރީޚަށް ބަދަލުގެނެވިފައިވާތީވެ، އެކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށައެޅުއްވުން |
އަންދާސީ ހިސާބު ހުށަހަޅަންޖެހޭނީ ތިރީގައިވާ ދުވަހުގެ ކަނޑައެޅިފައިވާ ގަޑިއަށެވެ. ތާރީޚް: 26 އޯގަސްޓް 2025 - އަންގާރަ ގަޑި: ގަޑި: 10:00 (ހެދުނު) ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެއިން ކޮންފަރެންސް ރޫމް |