ދިވެހިރާއްޖެ
އިޢުލާން
ބީޗް ވޮލީބޯލް މުބާރާތް ހޯސްޓްކުރާނެ ފަރާތެއް ހޯދުން
މި އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވަން ގަސްދުކުރާ CAVA Beach Volleyball Challenge Cup އަދި CAVA Beach Volleyball Championship ، މިދެމުބާރާތް ހޯސްޓްކުރުމަށް ބޭނުންވާ ރަށްތަކަށް އެ ފުރުސަތު ހުޅުވާލުމަށް މި އެސޯސިއޭޝަނުން ގަސްދުކުރަމެވެ.
މި ދެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރ 15 އިން 25 އާއި ދެމެދުގެ ތާރީޚެއްގައެވެ. މުބާރާތް ބާއްވާނެ ދުވަސް ކަނޑައަޅާނީ ހޯސްޓްކުރާ ފަރާތާ ވާހަކަ ދެއްކުމަށް ފަހުއެވެ. ދެ މުބާރާތަށް ހިނގާނެކަމަށް ލަފާކުރެވެނީ ޖުމުލަ 10 ދުވަހެވެ.
މި ދެމުބާރާތުގައި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން ތަމްސީލްކުރާ 14 ޤައުމުކަމަށްވާ، އަފްޤާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިޔާ، އިރާން، ކަޒަކިސްތާން، ކިރްގިސްތާން، ނޭޕާލް، ޕާކިސްތާން، ސްރީލަންކާ، ތަޖަކިސްތާން، ތުރްކެމިނިސްތާން، އުޒްބެކިސްތާން އަދި ދިވެހިރާއްޖެއިން ޓީމްތައް ބައިވެރިވުމަށް ދަޢުވަތު ދެވޭނެއެވެ. މި ދެ މުބާރާތްވެސް ހުޅުވާލެވިފައިވާނީ ދެ ޖިންސުގެ ކުޅުންތެރިންނަށެވެ.
މި ދެމުބާރާތް ހޯސްޓްކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާ ފަރާތްތަކަށް ބާއްވާ އޮންލައިން މަޢުލޫމާތު ސެޝަނެއް، މި އޮގަސްޓްމަހުގެ 26 ވަނަ ދުވަހުގެ މެންދުރު 12 ޖަހާއިރު އޮންލައިންކޮށް ބޭއްވޭނެއެވެ. އެހެންކަމުން، މި ދެ މުބާރާތް ހޯސްޓްކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާ ފަރާތްތަކުން، މި އެސޯސިއޭޝަނުގެ އީމެއިލް [email protected] އަށް އީމެއިލް ފޮނުއްވައި، އޮންލައިން މީޓިންއަށް ރެޖިސްޓްރީ ކުރެއްވުން އެދެމެވެ.
މި ދެ މުބާރާތް ހޯސްޓް ކުރައްވަން ގަސްދުކުރައްވާ ރަށެއްގައި ތިރީގައި މިދަންނަވާ ވަސީލަތްތައް ހުންނަންވާނެއެވެ.
1- ބީޗް ވޮލީބޯލް ކުޅެވޭނެ 2 ކޯޓް
2- ބީޗް ވޮލީބޯލް ޓްރެއިނިންގ 1 ކޯޓް
3- ކުޅުންތެރިން ތިބުމަށް 70 ވަރަކަށް ކުލީ ކޮޓަރި ލިބެން ހުރުން
4- ދަތުރު ފަތުރުގެ އިންތިޒާމް ހަމަޖެހިފައި ހުރުން