ދިވެހިރާއްޖެ
ގއ.ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން 01 ނޮވެމްބަރ 2025 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރާވެރިޔާ ވޮލީ މުބާރާތް 2025 ގެ މެޗްތައް ކުރިއަށް ދާ ވަގުތުތަކުގައި އެ ސަރަޙައްދުގައި ގާޑީޔާ ހިންގުމަށް ބޭނުންވާ ފަރާތްތަކަށް ޝައުޤުވެރިކަން ފާޅުކުރުމަށް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމަވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކުން 28 އޮގަސްޓް 2025 ވަނަ ދުވަހުގެ 11:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގެން ފޯރމް ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 4000012 ނަމްބަރަށް ގުޅުއްވުން އެދެމެވެ .މި އިޢުލާނާއިއެކު ގާޑިޔާ ކެންޓީން ދޫކުރުމާއިގުޅޭ އުޞޫލު ޢާއްމުކުރީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.
24 ޞަފަރު 1447