ދިވެހިރާއްޖެ
މި މިނިސްޓްރީގެ ފަރާތުން ޢާންމު ރައްޔިތުންނަށާއި މީޑިއާތަކަށް މަޢުލޫމާތު ދިނުން ހަރުދަނާކޮށް ފެންވަރު ރަނގަޅު ކުރުމަށްޓަކައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން މީޑިއާ އެގްޒެކެޓިވްގެ މަޤާމަށް މުވައްޒަފަކު ނެގުމަށް ބޭނުންވެއެވެ.
ބޭނުންވާ އަދަދު: |
01 |
މަޤާމުގެ ގިންތި: |
ވަގުތީ |
މަޤާމުގެ މުއްދަތު: |
01 އަހަރު (ޚިދުމަތް އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރުކުރާ ގޮތަށް) |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ، ކ. މާލެ |
މުސާރަ: |
-/30,000 (ތިރީސް ހާސް ރުފިޔާ) |
މަޤާމްގެ މައިގަނޑު މައްސޫލިއްޔަތު:
- މި މިނިސްޓްރީން މީޑިއާއަށް ފޯރުކޮށްދޭންޖެހޭ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދިނުން
- މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ވީޑިއޯ ސީރީޒްއާއި ތަފާތު އެކި ޕަބްލިކް ރިލޭޝަންސް ކެމްޕެއިންތައް ޑިޒައިން ކުރުމުގައި އެހީތެރިވެ، އެ ކެމްޕެއިންތަކަށް އުފައްދާ ވީޑިއޯތައް ޕްރެޒެންޓް ކުރުމާއި އަދި އޯޑިއޯތަކަށް ވޮއިސް އޯވަރ ހެދުން.
- މިނިސްޓްރީގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހަރުދަނާކޮށް ބެލެހެއްޓުމަށްޓަކައި ބޭނުންވާ ޓެކްނިކަލް ލަފަޔާއި އިރުޝާދު ދިނުމާއި އެފަދަ އިސްލާހުތަކާއި ތަރައްޤީ ގެނައުމުގެ މަސައްކަތް ޢަމަލީ ގޮތުން ކުރުން.
- މިނިސްޓްރީގެ ވެބްސައިޓް، (އިނގިރޭސި އަދި ދިވެހި ކޮންޓެންޓް) އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ދިރާސާކޮށް ދުވަހުން ދުވަހަށް ގެންނަންޖެހޭ ބަދަލުތަކާއި ބެހޭ މަޢުލޫމާތު މެނޭޖްމެންޓަށް ދިނުމާއި، އެފަދަ ބަދަލުތައް އެޕްރޫވް ކުރެއްވުމުން އެ ބަދަލުތައް ގެނައުން.
- މިނިސްޓްރީން ރައްޔިތުންނާއި ސަރުކާރުގެ މުއައްސަސާތަކަށް ހިއްސާކުރަން ބޭނުންވާ ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި އިސްވެ އުޅުން.
- މިނިސްޓްރީގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޙިއްސާ ކުރެވޭ މަޢުލޫމާތު ތަކަކީ އެންމެ ފަހުގެ މަޢުލޫމާތުކަން ޔަޤީންކޮށް ބެލެހެއްޓުން.
- މިނިސްޓްރީގެ ފަރާތުން ހިންގާ އެކިއެކި އިވެންޓްތަކިގައި ޢަމަލީ ގޮތުން ޙަރަކާތްތެރުވެ އުޅުން.
- ރާއްޖެއާ ރާއްޖެއިން ބޭރުގެ މީޑިއާއާ އޮންނަ ގުޅުން ރަނގަޅުކޮށް ހަރުދަނާ ގޮތެއްގައި މަޢުލޫތު ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކޮށް، އެ ނިޒާމްގެ ދަށުން އެކަންތައް ކުރުން.
ލިބިފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އަދި ޤާބިލްކަން:
- މަޤާމްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (ޖާނަލިޒަމް، މީޑިއާ ނުވަތަ ކޮމިއުނކޭޝަން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 7 ނުވަތަ 9 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން 07 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން. މީގެ އިތުރުން ވީޑިއޯ ޕްރެޒެންޓުކުރުން ނުވަތަ ޕްރޮގްރާމް ހުށަހެޅުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ
- ވަނަވަރު
- ލިބިފައިވާ ތަޢުލީމީ ސާރޓިފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ) އަދި ޓްރާންސްކްރިޕްޓް.
- ތަޖުރިބާގެ ލިޔުން
ވީމާ، ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 އޮގަސްޓު 2025 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ހިއުމަން ރިސޯސް ސެކްޝަން
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ
އަމީނީމަގު، މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 1617
އީމެއިލް އެޑްރެސް: [email protected]