ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުޅުވާލުން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އުފަންހިޔާ އިމާރާތާއި ގޯތި ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުގައި ބީލަމާބެހޭ ލިޔުންތައް ހޯދުމަށް ރިސެޕްޝަން ކައުންޓަރަށް ސިޓީ ހުށަހެޅުއްވުމަށްފަހު، ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ބީލަމާބެހޭ ލިޔުންތަކުގެ އަގަކީ -/50 ރުފިޔާއެވެ.

  • ބީލަމާބެހޭ ލިޔުންތައް ހޯދުމަށް ސިޓީ ހުށަހެޅުއްވުމުގެ މުއްދަތު

6 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 12:00 ން 13 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 16:00 އަށް ރިސެޕްޝަން ކައުންޓަރަށް.

  • ޕްރިބިޑް މީޓިންގ

15 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 11:00 ގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އޮފީހުގެ މީޓިންގރޫމުގައި.

  • ޕްރޮޕޯޒަލް ހުށަހެޅުން

22 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 11:00 އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އޮފީހުގެ މީޓިންގރޫމުގައި.

ބީލަމާބެހޭ ލިޔުންތައް ނަންގަވާފައިނުވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ކަމުގައި ދެންނެވީމެވެ.

22 ޛުލްޙިއްޖާ 1436

06 އޮކްޓޫބަރު 2015
ހޯދާ