އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. މާޅޮހު ކޭބަލް ޓީވީގެ ޚިދުމަތް ކުއްޔަށް ދިނުމާގުޅޭ

މިރަށުގައި ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށްޓަކައި ބޭނުންކުރަމުންގެންދާ ނެޓްވާރކް ބޭނުންކޮށްގެން، ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އެޚިދުމަތް މިރަށުގައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އޮކްޓޫބަރު 18 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮކްޓޫބަރު 22 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތާއި އަގު ހުށަހެޅުމަށް އެހެން ފަރާތެއް ފޮނުވާނަމަ ވެރިފަރާތުގެ ސޮއިކޮށްފައިވާ ލިޔުމެއް ފޮނުވަންވާނެއެވެ. ފޮނުވާ އަންދާސީހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މި ޚިދުމަތް ކުއްޔަށްދެވޭނީ، 10 އަހަރުގެ މުއްދަތަށް އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ކަމުގައި ދަންނަވަމެވެ.

21 ޛުލްޙިއްޖާ 1436              

05 އޮކްޓޫބަރު 2015
ހޯދާ