އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ: ސިޓީތައް އެޑްރެސް ކުރުމާއި ގުޅޭ

12 އޮގަސްޓް 2025 ވަނަ ދުވަހުން ފެށިގެން "އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ" ގެ ނަން "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބަދަލުކުރައްވާފައެވެ. އަދި އެ އެތޯރިޓީ ހިންގުމުގެ އެންމެ އިސް ފަރާތް ކަމުގައި ޗީފް އެގްޒެކެޓިވް ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ. އެހެންކަމުން މިއޮތޯރިޓީއަށް ފޮނުވާ ސިޓީ އަދި ލިޔުންތައް އެޑްރެސް ކުރައްވާނީ ޗީފް އެގްޒެކެޓިވް އަލްފާޟިލް ޙައްސާނު މުޙައްމަދު އަށް ކަމުގައި ދަންނަވަމެވެ.

19 އޮގަސްޓް 2025
ހޯދާ