އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް. އަދި ދަރުމަވަންތަ ހޮސްޕިޓަލަށްMobile X-ray machine ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން.

ލަން ހުށަހެޅުމުގެ ދައުވަތު 

 

 

އިޢުލާން ނަމްބަރ:76137-IU/PR/2025/ 

ޕްރޮޖެކްޓް ނަމްބަރ: 137-PR/2025/G-42 

ޕްރޮޖެކްޓްގެ ނަން: އައި.ޖީ.އެމް. އަދި ދަރުމަވަންތަ ހޮސްޕިޓަލަށްMobile X-ray machine ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން. 

 

އައި.ޖީ.އެމް. އަދި ދަރުމަވަންތަ ހޮސްޕިޓަލަށް Mobile X-ray machine ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން 07 ޖުލައި 2025 ގައި ކޮށްފައިވާ ނަމްބަރު 137-IU/PR/2025/61 އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ  ރިކުއަރމެންޓުފުރިހަމަ ނުވާތީ އެއިއުލާނު ބާތިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. 

 

 

# 

Details 

Quantity 

1 

Mobile X-ray machine   

03 

 

ބީލަން ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް 

  • ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ މަސައްކަތްތަކާއި އެއްގޮތަށް، ޖީއެސްޓީ ހިމަނައިގެންނެވެ. 

  • ކޯޓޭޝަން ހުށަހެޅުމުގައި މި ކަރުދާހާއެކު އެއްކަރުދާސްކުރެވިފައިވާ ސްޕެސިފިކޭޝަން ޝީޓްގައިވާ ތަކެއްޗަށް އަގު ހުށަހެޅުމަށް ސަމާލުކަން ދޭންވާނެއެވެ. 

  • އަގު ހުށަހަޅާއިރު Installation Commission  އަދި Training  އަށް ވަކިން އަގު ހުށަހެޅުމަށް ސަމާލުކަންދޭންވާނެއެވެ. މިގޮތަށް އަގުހުށަނާޅާ ފަރާތްތަކުގެ ބިޑު ބާތިލް ކުރުމުގެ އިހްތިޔާރު  މި މުއައްސަސާއަށް ލިބިގެންވެއެވެ.  

  • ސަޕްލައިކުރުމަށް ހުށަހަޅާ ތަކެއްޗަކީ އައު އިކުއިޕްމެންޓެއްކަން އިގޭނެ މެނުފެކްޗަރގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި ސަޕްލައިކުރާ ތަކެއްޗަށް2 އަހަރުދުވަހުގެސްޓޭންޑަރޑް ވޮރެންޓީ ދޭންވާނެއެވެ. 

  • ކޯޓޭޝަން ހުށަހަޅާއިރު ސަޕްލައިކުރާ އައިޓަމްގެ މައުލޫމާތު (ޓެކްނިކަލް ސްޕެސިފިކޭޝަން ޝީޓު) ހުށަހަޅަންވާނެއެވެ. 

  •  ސަޕްލައިކުރުމަށް ކޯޓޭޝަންގައި ހުށަހަޅާފައިވާ މުދާ 30 ދުވަސް ތެރޭގައި ސަޕްލައިކުރަންވާނެއެވެ.  

ހުށަހަޅަންޖެހޭ ތަކެތި 

  • ބީލަން / މަސައްކަތްކޮށްދޭނެ އަގު،ޖީއެސްޓީ ހިމަނައިގެން 

  • ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ/ ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ 

  • ޖީއެސްޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ) 

 

އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު 

  • އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން. 

 

# 

ކެޓެގަރީ 

މާރކްސް 

މާރކްސް ދެވޭ އުސޫލު 

1 

އަގު 

100 

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް 

ބީލަން ހުށަހަޅާނެގޮތް 

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް/ އައިޖީއެމް ހޮސްޕިޓަލް 

އައި.ޖީ.އެމް. އަދި ދަރުމަވަންތަ ހޮސްޕިޓަލަށްMobile X-ray machine  ސަޕްލައިކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ އިއުލާންކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ. 

 

ބީލަން ހުށަހެޅުން 

  • ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 25 އޯގަސްޓް 2025 ވަނަ ދުވަހުގެ 11:00 ގައި އައިޖީއެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. 

  • ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. 

 

ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް 

  1. ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ޚިލާފް މަޢުލޫމާތު ހިމަނައިފައިވުން. 

  1. ހުށަހަޅާފައިވާ ލިޔުމުގައިއަސްލުނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން. 

  1. މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)  

  1. ޚިދުމަތްދޭފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން. 

މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ،އެ ފަރާތެއް06 މަސްދުވަހުގެމުއްދަތަކަށްސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ. 

 

ނޯޓު: 

  1. ހޮސްޕިޓަލުގެ ވެބްސައިޓްއިން މި ޢިއުލާނާއި ބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ. 

  1. މިއިޢުލާނާއި ގުޅިގެން އިތުރުމައުލޫމާތުތިރީގައިމިވާއެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. 

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް 

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، 

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ 

ފޯނު: +960 3335349 ، +960 3335254 

އީމެއިލް[email protected] 

ކޮޕީ: [email protected] 

18 އޮގަސްޓް 2025
ހޯދާ