ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ސްކޫލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ޢިއުލާން

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަމްބަރު:

J-416506

ބޭނުންވާ ޢަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް.2

މާޤާމުގެ ކުލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިހަވަންދޫ ސްކޫލް/ ހއ. އިހަވަންދޫ

މުސާރަ:

-/6295 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް: -/900
  2. ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  3. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕްރޮކިޔުމެންޓާ ގުޅޭ އިދާރީ އެންމެހާ މަސައްކަތްތައް ޤަވާއިދާއި އެއްގޮތަށް ކުރުމާއި ފޯރުކޮށްދިނުން
  2. ސުކޫލުގައި މަރާމަތުކުރަންޖެހޭ މަސައްކަތްތަކުގެ މަޢުލޫމާތު ޝީޓް އެކުލަވާލުމާއި މަރާމާތުކުރުމަށް ފަރާތެއް ހޯދުމަށް އިއުލާނުކުރުމާއި އެކަމާ ގުޅޭ އިދާރީ މަސައްކަތްކުރުން
  3. އިޢުލާނު ކޮށްގެން ކުރާ މަސައްކަތްތަކުގެ ބިޑްތައް ބަލައިގަތުމާއި މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ސްކޫލުން ބަލައިގަންނަ ބިޑްތައް އިވެލުއޭޓްކުރުމާއި، ބިޑް ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމާއި ބައްދަލުވުމުގެ ޔައުމިއްޔާ ލިޔުން
  4. ސްކޫލްގައި ކުރާ މަރާމާތުގެ މަސައްކަތް ކުރިޔަށްދާގޮތް ސުޕަވައިޒްކޮށް ބެލުހެއްޓުން
  5. ޖެމްސް، އީމެއިލް އަދި އެހެނިހެން ގޮތް ގޮތުން ސްކޫލަށް އެތެރެވާ އެންމެހާ ލިޔެކިޔުންތައް (ސިޓީ، ނޯޓް، ލިޔުން، ބިލު ފަދަ ތަކެތި) ގަވާއިދުން އެންޓްރީކުރުމާއި ހަމަޖެހިފައިވާ އުސޫލޫން ވެރިއެއްގެ ސޮއިކުރުވާ އެ ތަކެތި ރައްދުވާ ފަރާތްތަކަށް ހަވާލުކުރުން އަދި ފައިލު ކުރުން
  6. ސްކޫލުގެ ސްޓޮކް ދޫކުރުމާއި ބާކީ ބެލެހެއްޓުން އަދި ސްޓޮކަށް ބޭނުންވާ މުހިއްމު ތަކެތި ހުސް ވުމުގެ ކުރިން ހޯދުމުގެ މަސައްކަތް ކުރުން
  7. ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތައް ކޯޑިނޭޓް ކުރުމުގައި އެހީތެރިވުން
  8. ކްލާސް ރޫމްތަކާއި ހޯލުތައް ހަފްތާއެކު އެއްފަހަރު ނުވަތަ ރިޕޯޓެއް ލިބުމުން ޗެކްކޮށް މަރާމާތުގެ މަސައްކަތެއްވާނަމަ ވީހާވެސް އަވަހަކަށް މައްސަލަތައް ހައްލުކުރުން
  9. ސްކޫލްގެ ދަރިވަރުނަންނަން ވައުޗާރ އަދި ޓެކުސްޓް ފޮތްތައް ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  10. ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާ ފާރާތުގެ މަސައްކަތް މޮނިޓަރކޮށް ބެލެހެއްޓުމާއި އަންގަންޖެހޭ އެންގުންތައް އެންގުން
  11. ސްކޫލުގައި ބޭއްވޭ ބެލެނިވެރިންގެ ބައްދަލުވުން، މުވައްޒަފުންގެ ބައްދަލުވުން، އެސް. އެމް. ޓީ. ބައްދަލުވުން ފަދަ ބައްދަލުވުންތަކުގެ އިންތިޒާމް ހަމަޖެއްސުމާއި ޔައުމިއްޔާ ލިޔުން
  12. އިދާރާއަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިޢުލާނުކުރުމަށް ކުރަންޖެހޭ މަސައްކަތްކޮށް އިޢުލާނާއި ގުޅިގެން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން
  13. ސްކޫލުގެ ރިސެޕްޝަނަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދާރީވުމާއި ރިސެޕްޝަނުން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ޖަވާބުދާރީވުމާއި ފުރިހަމަ ޚިދުމަތް އެފަރާތްތަކަށް ފޯރުކޮށްދިނުން.
  14. ސްކޫލުގެ މުދަލުގެ ތެރެއިން ހަލާކުވެގެން ނީލަން ކިޔަންޖެހޭ ތަކެތި މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ނީލަން ކިޔުމާއި ނައްތާލަންޖެހޭ ތަކެތި ނައްތާލުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  15. މުވައްޒަފުންގެ މުސާރައާއި އިތުރުގަޑި އަދި އެހެނިހެން އެލަވަންސް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  16. ސަލާމާއި ޗުއްޓީގައި ހުންނަ މުވައްޒަފުންގެ މަސައްކަތް ޙަވާލު ކުރުމުން، އެ މަސައްކަތްތައް ކުރުމާއި އޮފީހުން ހަމަޖައްސާގޮތެއްގެ މަތިން އިތުރުގަޑީގެ މަސައްކަތްކުރުމަށް ނުކުތުން
  17. ސްކޫލުގައި ބޭއްވޭ ބައިނަލް އަޤްވާމީ އިމްތިޙާނުތަކުގެ ފީގެ ކަންތައްތައް/ ރެކޯޑުތައް ބެލެހެއްޓުން.
  18. ސްކޫލުގައި ފާހަގަ ކުރެވޭ ޚާއްޞަ ރަސްމިއްޔާތުތަކުގައި ހިންގޭ ޙަރަކާތްތަކުގައި ކަންކަމަށް އިސްވެ ތިއްބަވާ މުވައްޒަފުން އަންގާ ގޮތެއްގެ މަތިން މަސައްކަތްކުރުން. މި ކަންކަމުގެ އިތުރުން ސްކޫލުގެ ވެރިން އަންގާ ކަންކަމާއި އެކިއެކި ކަންކަމުގައި އިސްވެ ތިއްބަވާ މުވައްޒަފުން ޙަވާލުކުރާ މަސައްކަތްކުރުން
  19. ޙަވާލުކުރެވޭ/ ބަލަހައްޓާ ކަންކަމާގުޅޭ ގޮތުން ލިޔަންޖެހޭ ސިޓީ، އީމެއިލް، އިންޓަނަލް މެމޯ، ޖެނެރަލް ނޯޓް ފަދަ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުތުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6ގެ/ އެޑްވާންސް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތައުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން   
  • ބިޒްނަސް މެނޭޖްމަންޓް
  • މެނޭޖްމަންޓް  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން   

މަޤާމުގެ މަސައްކަތު ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ޕްރިފަރޑް ޑިސިޕްލިންގ:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން   
  • ބިޒްނަސް މެނޭޖްމަންޓް   
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން   

މަޤާމުގެ ކޯ ޑިސިޕްލިންގ:

  • ނެތް

ނޯޓް: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ/ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2024/84/Annex%202%20-%20Application%20form1pnd4eve.a2u140d53hl.flr.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)     މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ  ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)    ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)    ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން http://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)     ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)     ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓްގެ އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭ ފަރާތުގެ ރެފަރެންސް ޗެކް ފޯމް".

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 އޮގަސްޓް 28ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، އިހަވަންދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އަދި އެސެސްމަންޓް އޮންނާނެ ތަނާއި،މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 01 ސެޕްޓެންބަރު 2025 އާއި 25 ސެޕްޓެންބަރު 2025 އާއި ދެމެދު، އިހަވަންދޫ ސްކޫލް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)"އާންމުކުރުން

އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް (" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  6501210   އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

18 އޮގަސްޓް 2025
ހޯދާ