ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލައުތުރު ރަންތަޖު ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން

ހއ.އަތޮޅު ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. މި މުބާރާތަށް ވާދަކުރާނެ ފަރާތްތަށް ކަނޑައެޅުމަށް ބާއްވާ އޮޑިޝަން 31  އޮގަސްޓް 2025 ވާ އާދީއްތަ ދުވަހު އޮންނާނެވެ. މުބާރާތް ބާއްވާ ތާރީޚް އިއުލާންކުރާނީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިންނެވެ.

ވީމާ މި މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 23 އޮގަސްޓް 2025 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް އޮޑިޝަންގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މި މުބާރާތުގައި އެރަށެއްގެ ނަމުގައި ބައިވެރިވެވެނީ 2025 ޖުލައި 08 ގެ ކުރިން އެ ރަށެއްގެ ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

މައުލޫމާތު ފުރިހަމަ ކުރެއްވުމަށް: https://forms.office.com/r/dszYCwnwAt ލިންކު ބޭނުން ކުރެއްވުން އެދެމެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

18 އޮގަސްޓް 2025
ހޯދާ