ދިވެހިރާއްޖެ
ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން 2025 އޮކްޓޫބަރު 24 އިން 25 އަށް ބޭއްވުމަށް ހަމަޖެހިފައިވާ
"ތިލައުތުރު ރަންތާޖް ޤުރުއާން މުބާރާތް 2025" ގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި މުބާރާތުގައި
މިރަށުން ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ އޮޑިޝަން 2025 އޮގަސްޓް 30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2025 އޮގަސްޓް 25 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން
އޮޑިޝަންގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުއްވައި މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠުތައް އަދި މުބާރާތުގެ މުޤައްރަރު މި މުބާރާތުގެ ޤަވާއިދުގައި ހިމެނިފައިވާނެއެވެ. މުބާރާތުގެ
ޤަވާއިދު އަދި އޮޑިޝަންގައި ބައިވެރިވުމަށް އެދޭ ފޯމު https://tinyurl.com/TQTA2025 މި ލިންކުން ޑައުންލޯޑު ކުރެވޭނެއެވެ.
މުބާރާތާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ، 6500032 ފޯނަށް ގުޅުއްވުމުން އެ މަޢުލޫމާތެއް
ލިބިވަޑައިގަންނަވާނެ ވާހަކަ ދަންނަވަމެވެ.