ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީގެ ހެރިޓޭޖް ޕާރކުގެ ހުކުރު މިސްކިތުގެ ރެޕްލިކާއެއް ހެދުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުން

އިޢުލާން

ތިނަދޫ ސިޓީގެ ހެރިޓޭޖް ޕާރކުގެ ހުކުރު މިސްކިތުގެ ރެޕްލިކާއެއް ހެދުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުން

  މިކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ސިޓީގެ ހެރިޓޭޖް ޕާރކުގެ ހުކުރު މިސްކިތުގެ ރެޕްލިކާއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މެއިލް މެދުވެރިކޮށް ބީލަމުގެ ރެޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވުމުން،  ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 27 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިމިވާ ލިންކް މެދުވެރިކޮށް ރެޖިސްޓްރީ ކުރެއްވުން އެދެމެވެ.

ލިންކް: https://forms.office.com/r/FZ2PBXfnA9

 އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 04 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

 

ތާރީޚް

ދުވަސް

ގަޑި

ތަން

ރެޖިސްޓްރޭޝަން މުއްދަތު

18 އޮގަސްޓް 2025 އިން 27 އޮގަސްޓް 2025 އަށް

-

27 އޮގަސްޓް 2025 ގެ 14:00އަށް

ލިންކް މެދުވެރިކޮށް

ބީލަން ހުށަހެޅުން

04 ސެޕްޓެމްބަރ 2025

ބުރާސްފަތި

11:00

ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް


                        23 ޞަފަރު 1447

18 އޮގަސްޓް 2025
ހޯދާ