ދިވެހިރާއްޖެ
ޤާނޫނު ނަންބަރު؛ 9/2025 (ޤާނޫނު ނަންބަރު 7/2010، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އާއި ގުޅިގެން، މިކައުންސިލުން ދެމުންއައި ރަށްވެހިކަމުގެ ޚިދުމަތްތަކުގެތެރެއިން ކައުންސިލްގެ އިޚްތިޞާސްގެ ދާއިރާގައި ހިމެނޭ މިނިސްޓްރީ އޮފް ހައުސިންގ، ލެންޑް އެންޑް އަރަބަން ޑިވެލޮޕްމަންޓްއިން ފާސްކޮށް އެޕްރޫވްކޮށްފައިވާ ގައްދޫގެ ބިނާވެށި ޕްލޭނުގައި އެކި ބޭނުންތަކަށް ކުއްޔަށް ދޫކުރަމުން އައި ކުލީ ބިންތައް، ކައުންސިލްގެ މިދައުރުގެ ބާކީއޮތް މުއްދަތާއިހަމައަށް މުއަމަލާތު ހިންގުން މަނާކޮށްފައިވާތީ ދަންނަވަމެވެ.
ވުމާއިއެކު، 2025 ޖޫން 29 އިން މިމުއްދަތާއިހަމައަށް ވިޔަފާރީގެ އެކި ބޭނުންތަކަށް ބިން ހޯދުމަށް އެދި މިކައުންސިލްގައި އެދިފައިވާ ބާރަ ކުލީ ބިމުގެ މުއާމަލާތު ހިންގުމަށް ޤާނޫނު މަޙްދޫކޮށްފައިވާތީ، މިބިންތައް ކުއްޔަށް ދިނުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ކައުންސިލުން މަޑުޖައްސައިފީމެވެ.
އެހެންކަމުން، ގައްދޫއިން ކުލީ ބިން ހޯދުމަށް އެދި ކައުންސިލްގައި ޝައުޤުވެރިކަން ފާޅުކުރެއްވި ހުރިހާ ފަރާތްތަކަށް ނިހާޔަތާއި މާފާއިއެކު ދަންނަވަމެވެ. އަދި މިމައުޟޫގައި ކަމާއި ގުޅުންހުރި އިދާރާއަކުން ކުލީ ބިމުގެ މުއާމަލާތު ކުރިއަށްގެންދެވޭނެ އެއްވެސް އުޞޫލެއް ކަނޑައަޅައިފިނަމަ އެވަގުތުންފެށިގެން މިމަސައްކަތް އަލުން އިޢާދަކުރާނެވާހަކަވެސް އިޙްތިރާމާއިއެކު ދެންނެވީމެވެ.