މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ފްރައިޓް ފޯވަރޑިންގެ ޚިދުމަތްދޭ ފަރާތްތައް ކަސްޓަމްސްގައި ރަޖިސްޓްރީކުރުމާ ގުޅޭ:

    މި އޮފީހުގެ ނަންބަރު: (IUL)14-VDS/1/2024/77 (17 ޖުލައި 2024) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

    އިމްޕޯޓްކުރާ މުދަލާއި އެކްސްޕޯޓްކުރާ މުދަލުގެ ބިލް އޮފް ލޭޑިން/އެއަރވޭބިލް ދޫކުރުމާއި ޑެލިވަރީ އޯޑަރ ދޫކުރުމުގެ ޚިދުމަތް ހިމެނޭގޮތުން ފްރައިޓް ފޯވަރޑިންގގެ ޚިދުމަތްދޭ ފަރާތްތަކާއި އުޅަނދުފަހަރުގެ އެޖެންޓުގެ ހައިސިއްޔަތުން ފްރައިޓް ފޯވަރޑިންގގެ ދައުރު އަދާކުރާ ފަރާތްތައް ކަސްޓަމްސްގައި ރަޖިސްޓަރީ ކުރަންވާނެ ކަމަށް ކަސްޓަމްސްގެ ޢާންމު ގަވާއިދުގެ 219 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ.

    ވީމާ، ފްރައިޓް ފޯވަރޑިންގެ ޚިދުމަތްދޭ ފަރާތްތައް ކަސްޓަމްސްގެ MCS-155 ނަންބަރު ފޯމު (ޚިދުމަތްތައް ރަޖިސްޓަރީ ކުރުމަށާއި ކެންސަލް ކުރުމަށް އެދޭ ފޯމު) ހުށަހަޅައި ކަސްޓަމްސްގައި ރަޖިސްޓަރީ ވުމަށް ދަންނަވަމެވެ. މިގޮތުން ރަޖިސްޓްރީވުމަށް ހުށަހަޅުއްވާނީ ޓްރޭޑިއަން ޕޯޓަލް (https://tradian.gov.mv) މެދުވެރިކޮށްކަމުގައި ދެންނެވީމެވެ.

    01 ސެޕްޓެންބަރު 2025 އިން ފެށިގެން ކަސްޓަމްސްއިން ޚިދުމަތް ދެވޭނީ ކަސްޓަމްސްގައި ރަޖިސްޓަރީވެފައިވާ ފްރައިޓު ފޯވަރޑަރުންނަށް ކަމުގައި ދަންނަވަމެވެ.

    މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 އޮގަސްޓް 2025
ހޯދާ