ދިވެހިރާއްޖެ
ދ.ބަނޑިދޫއިން 2000 އަކަފޫޓްގެ 88 (އައްޑިހައަށް) ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާތީ، ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.
ގޯއްޗަށް އެދި ހުށަހަޅާ ފޯމު ނެގުމާއި ބަލައިގަތުން
ފޯމު ދޫކުރުން: |
18 އޮގަސްޓް 2025 ވާ ހޯމަ ދުވަހުން ފެށިގެން މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވެ. އަދި ގޯއްޗަށް އެދޭ ފޯމް ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއިދާރާއިންކޮށްފައިވާ އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެވެ. |
ފޯމު ބަލައިގަތުން: |
ގޯއްޗަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 18 އޮގަސްޓް 2025 ވާ ހޯމަ ދުވަހުން ފެށިގެން 18 ސެޕްޓެމްބަރ 2025 ވާ ބުރާފަތި ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަށް އަދި މެންދުރުފަހު 13:30 ން 14:00 އަށެވެ. |
ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ދ.ބަނޑިދޫ ކައުންސިލް އިދާރާއިންނެވެ.
ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ ތިރީގައި ބަޔާންކޮށްފައިވާ ހުރިހާ ޝަރުޠެއް ފުރިހަމަ ވާންވާނެއެވެ .
1- ދ.ބަނޑިދޫ ރަށްވެއްސެއް ކަމުގައިވުން.
2- ގޯތި ދޫކުރުމަށް ކުރެވޭ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚާ ހަމައަށް މީލާދީގޮތުން ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
3- ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން އަނބިމީހާ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓް ހަމަވާބިމެއް، ނުވަތަ ފުލެޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު ޢިމާރާތެއް އެމީހަކަށް ލިބިފައިވާނަމަ އެމީހަކަށް މި ބުރުގައި ބަނޑިދޫއިން ގޯއްޗެއް ނުލިބޭނެއެވެ. ބިމެއް،ފުލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައިވާކަމަށް ބަލާނީ އެމީހެއްގެ އަނބި ނުވަތަ ފިރިމީހާގެ ނަމުގައި ރަޖިސްޓްރީ ހައްދާފައި ވާނަމަ ނުވަތަ ސަރުކާރުގެ އެއްވެސް އިދާރާއަކުން 600 އަކަފޫޓް ހަމަވާބިމެއް، ނުވަތަ ފުލެޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު ޢިމާރާތް ލިބޭކަމުގެ ރަސްމީ ލިޔުމެއް ލިބިފައިވާނަމަ ނުވަތަ އެއްވެސް ފަނޑިޔާރު ގެއެއްގައި ހިނގާ މައްސަލައަކުން ނުވަތަ ކޮށްފައިވާ ހުކުމަކުން ލިބިފައި ވާނަމައެވެ. އަދި ތަރިކައިގެ ގޮތުން ނުވަތަ ހިބައިން ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް އެމީހަކަށް ލިބިފައިވާނަމައެވެ. އަދި މީގެ އިތުރުން ކަނޑައެޅޭ މުއްދަތެއްގެ (ގަނެވިއްކުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތު) ތެރޭގައި އަގު އަދާކުރާ ގޮތަށް އެފަދަ ބޯހިޔާވަހިކަމެއް ގަނެވިއްކުމުގެ އެއްބަސްވުމެއްގައި އެއްވެސް ފަރާތަކާއެކު ސޮއިކޮށްފައި ވާނަމަ މިއުޞޫލާއެއްގޮތަށް ދޫކޮށްލަން އެއްބަސްވުން.
4- މި އުސޫލުގެދަށުން ގޯޗަށް އެދި ހުށަހަޅާ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް މީގެކުރިން ރާއްޖޭގެ އެއްވެސް ރަށަކުން ދިރިއުޅުމަށް ބިމެއް، ނުވަތަ ފުލެޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު ޢިމާރާތް ލިބޭކަމުގެ ނުވަތަ ލިބިފައިވާކަމަށް ރަސްމީ ލިޔުމެއް ނުވަތަ އެއްވެސް ފަނޑިޔާރު ގެއެއްގައި ހިނގާ މައްސަލައަކުން ނުވަތަ ކޮށްފައިވާ ހުކުމަކުން ލިބިފައި ވާނަމަ އަދި ތަރިކައިގެ ގޮތުން ނުވަތަ ހިބައިން ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް އެމީހަކަށް ލިބި އަދި މީގެ އިތުރުން ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި އަގު އަދާކުރާ ގޮތަށް އެފަދަ ބޯހިޔާވަހިކަމެއް ލިބި އެފަދަތަނެއް ނުވަތަ ތަންތަން އަނބި ނުވަތަ ފިރިމީހާ ދިރިއުޅުމަށް ގޯތި ހޯދުމުގެ ބޭނުމުގައި ކުރިން ލިބުނު އެފަދަތަންތަން ދޫކޮށްލާނަމަ ދޫކޮށްލަންވާނީ އެބިމެއް ބައިކޮށް ބެހިފައިވާ އަސްލު ބެހެނިވެރިންގެ ތެރެއިން ގޯތި ނުލިބިވާ މީހަކަށެވެ. ނަމަވެސް މިގޮތުންލިބޭ ބިންކޮޅު ދަރިއަކަށް ދިނުމަކުން އެފަރާތަށް ލިބުނު ބިން ދޫކުރެވުނު ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ ދަރިއަކަށް ދިނުމުން އެބަޔަކީ ދަރިންނަށްކުރާހިބަ މައިންބަފައިންނަށްނެގޭ އުޞޫލުން ނެގޭނެ ބަޔަކަށްވުމުން އެދޫކޮށްލިބަޔަކީ ހަމަ އެފަރާތަށް ނެގޭނެގޮތަކަށް އޮންނަބަޔަކަށްވާތީއެވެ. މިނޫންގޮތަކަށް ބިންދޫކޮށްލާފައި ވާނަމަ ލިބޭ ޖުމްލަޕޮއިންޓުން 20 ޕޮއިންޓް އުނިކުރެވޭނެއެވެ.
5- ދެމަފިރިން ފޯމް ހުށަހަޅައި، ދެމަފިރިން ޝަރުތުހަމަވީނަމަވެސް ގޯތިދޫކުރެވޭނީ ދެމަފިރިންނަށް އެއްގޯތީގެ ގޮތުގައި އެއްގޯއްޗެވެ. އަދި ދެމަފިރިންކުރެ އެކަކު ހުށައަޅައި އެމީހަކު ޝަރުޠު ހަމަވީނަމަވެސް ގޯތި ދޫކުރެވޭނީ އެމީހެއްގެ އަނބި/ފިރިމީހާއާއި ދެމީހުންނަށް ދޫކުރެވޭގޯއްޗެއްގެގޮތުގައެވެ. ނުވަތަ އެއްއަންބައްވުރެ ގިނަ އަނބިން ތިބިނަމަ ގޯތި ލިބޭނީ އެ އަނބިންނާއި ފިރިމީހާއަށް އެއްގޯއްޗެވެ.
6- ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ގޯއްޗަށް އެދޭ ފަރާތުގެ ނަމުގައި ރަޖިސްޓްރީވެފައި ނުވަތަ ލިބިފައި ނެތުން.
7- ގޯއްޗަށް އެދޭ ފަރާތަށް ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ތަރިކައިން ލިބެން އޮންނަބައި މި އުޞޫލާއި އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން. (އެފަދައިން ދޫކޮށްލަން އެއްބަސްވާކަމުގެ އިޤުރާރު ފޯމާއިއެކު ހުށައަޅަންވާނެއެވެ).
8- ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ލިބިފައިވާ ފްލެޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ގޯއްޗަށްއެދޭ ފަރާތުގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން. ނުވަތަ މިފަދަ ބައެއް ގަތުމަށް ގަނެވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތެއްކަމުގައި ނުވުން.
9- ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ލިބިފައިވާ ފްލެޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ގޯއްޗަށް އެދޭ ފަރާތުގެ ނަމުގައި އޮވެ އެތަން ދޫކޮށްލާތާ ނުވަތަ ވިއްކާފައިވާތާ 15 (ފަނަރަ) އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވެފައިވުން.
ގޯތި ދޫކުރުމާއި ގުޅޭ އުސޫލް އަދި ކަމާއި ގުޅުންހުރި އެންމެހައި ލިޔުންތައް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.