ދިވެހިރާއްޖެ
އިޢުލާން
އެމް.ޓީ.ސީ.ސީގެ ފަރާތުން ކުރިއަށްގެންދާ ރިކްލަމޭޝަން އެންޑް ޝޯރ ޕްރޮޓެކްޝަން އޮފް ބ.ތުޅާދޫ އެއަރޕޯރޓް ޑިވަލޮޕްމަންޓް ޕްރޮޖެކްޓާއި ގުޅިގެން އެ ކުންފުނީގެ މުވައްޒަފުން ތިބުމަށްޓަކައި 03 ކޮޓަރީގެ ގެއެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުން
އެމް.ޓީ.ސީ.ސީގެ ފަރާތުން ކުރިއަށްގެންދާ ރިކްލަމޭޝަން އެންޑް ޝޯރ ޕްރޮޓެކްޝަން އޮފް ބ.ތުޅާދޫ އެއަރޕޯރޓް ޑިވަލޮޕްމަންޓް ޕްރޮޖެކްޓާއި ގުޅިގެން އެ ކުންފުނީގެ މުވައްޒަފުން ތިބުމަށްޓަކައި 03 ކޮޓަރީގެ ގެއެއް، 06 މަސްދުވަހުގެ މުއްދަތަށް، ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައިވާ ގޮތުގެ މަތިން ފޯމު ހުށަހެޅުއްވުން އެދެމެވެ.
އަގުބަލާ ފޯމުތައް ބަލައިގަތުމަށާއި ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި: |
2025 އޮގަސްޓް 19 ވާ އަންގާރަ ދުވަހުގެ 10:15 ގައި |
އިތުރު މަޢުލޫމާތު:
- އަގުބަލާ ފޯމު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " އެމް.ޓީ.ސީ.ސީގެ ފަރާތުން ކުރިއަށްގެންދާ ރިކްލަމޭޝަން އެންޑް ޝޯރ ޕްރޮޓެކްޝަން އޮފް ބ.ތުޅާދޫ އެއަރޕޯރޓް ޑިވަލޮޕްމަންޓް ޕްރޮޖެކްޓާއި ގުޅިގެން އެ ކުންފުނީގެ މުވައްޒަފުން ތިބުމަށްޓަކައި 03 ކޮޓަރީގެ ގެއެއް ކުޔަށްދިނުމަށް އެދި" މިފަދައިން ޖަހާފައި އޮންނަން ވާނެއެވެ. ސިޓީ އުރައިގެ ކަނާތްފަރާތުން މަތީ ކަނުގައި އަގުބަލާ ފޯމު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ލިޔެފައި އޮންނަން ވާނެއެވެ. އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން މިކަމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 2025 އޮގަސްޓް 19 ވާ އަންގާރަ ދުވަހުގެ 10:15ށް އަގުބަލާ ފޯމު ހުށަހެޅުއްވުން އެދެމެވެ. މި ފޯމު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
23 ޞަފަރު 1447