ދިވެހިރާއްޖެ
މުލަކަތޮޅު މަޑުއްވަރީ ކައުންސިލުން ބާއްވާ ހިތްފަހި ފުޓްސަލް ޗެލެންޖް 2025 ( އަންހެން އަދި ފިރިހެން ޑިވިޜަން ހިމެނޭގޮތަށް ) 30 އޮކްޓޯބަރު 2025 ވަނަ ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ، މ.މަޑުއްވަރީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް ، ޒުވާނުންނަށް ކުޅިވަރުގެ ފުރުޞަތު ފަހިކޮށްދީ ، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއަރައިދިޔުމަށް ހިތްވަރުދީ ބާރުއެޅުމުގެ މަޤްޞަދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގެ ފިރިހެން ޑިވިޜަންގައި ބައިވެރިވުމުގެ ފުރުޞަތު މ.އަތޮޅުގެ ކޮންމެ ރަށަކުން 2 ޓީމްއަށް އަދި މީމު އަތޮޅު ރަށްތަކުގެ ފުލުހުންގެ އިދާރާގައި ވަޒީފާ އަދާކުރާ ފަރާތްތައް ހިމަނައިގެން "މީމު އަތޮޅު ޕޮލިސް" އަށް ދެވިފައިވެއެވެ.
https://shorturl.at/MVGpx ފިރިހެން ޑިވިޜަންގެ ގަވާއިދު:
|
އަންހެން ޑިވިޜަންގެ ގަވާއިދު: https://shorturl.at/cwAId |
ފިރިހެން ޑިވިޜަން ފޯމްގެ ލިންކް : |
އަންހެން ޑިވިޜަންގެ ފޯމްގެ ލިންކް : |
ވީމާ ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
17 އޯގަސްޓް 2025