ދިވެހިރާއްޖެ
ކ.ގުޅީ ކުނި ކޮށީގައި ޖަމާވެފައިވާ އެކި ޒާތުގެ ކުނިތައް ނަގާ ތިލަފުއްޓަށް އުކާލަދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިއީ، ކ.ގުޅީ ކުނި ކޮށީގައި މިހާރު ޖަމާކޮށްފައިހުރި ކުނި ބުނި ތިލަފުއްޓަށްގެންގޮސް ކުނިގޮޑު ހުސްކުރުމަށްޓަކާއި ކޮންޓްރެކްޓް އުޞޫލުން ކުރުވުމަށް ހުޅުވައިލެވުނު ބީލަމެވެ. މިޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 17 އޮގަސްޓް 2025 ން 21 އޮގަސްޓް 2025 ގެ ނިޔަލަށް ކައުންސިލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ވުމަށް ކުންފުނީގެ ރެޖިސްޓްރޭޝަން ކޮޕީ އަދި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 25 އޮގަސްޓް 2025 ވަނަ ދުވަހުގެ 12:30ގެ ކުރިން މި އިޢުލާންގައިވާ މެއިލް އެޑްރެހަށް މެއިލް ފޮނުއްވުންއެދެމެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 27 އޮގަސްޓް 2025 ވަނަ ދުވަހުގެ 09:30 ގައި މާލެ އަތޮޅު ގުޅީ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އީމެއިލް: [email protected]
އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންވަމެވެ.