ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވ.ތިނަދޫ މަސްޖިދުލް ސަލާމް ފޮޅާސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

ފެލިދެއަތޮޅު ތިނަދޫ މަސްޖިދުލްސަލާމް 1 އަހަރު ދުވަހުގެ މުއްދަތަށް ފޮޅާސާފުކޮށް ބަލަހައްޓާ ދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގުހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި އެވަނީއެވެ.

 

 

ތާރީޚް

ގަޑި

ތަން

 މައުލޫމާތު ސާފުކުރުން

21 އޮގަސްޓް 2025

11:00

  ޒޫމް މެދުވެރިކޮށް،

ފެލިދެއަތޮޅު ތިނަދޫ ކައުންސިލް އިދާރާ، ވ.ތިނަދޫ، ދިވެހިރާއްޖެ

އަގު ހުށަހެޅުން

26 އޮގަސްޓް 2025

11:00

ފެލިދެއަތޮޅު ތިނަދޫ ކައުންސިލް އިދާރާ، ވ.ތިނަދޫ، ދިވެހިރާއްޖެ

 

  • ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް މި އިދާރާގެ ނަންބަރު 6700604 އަށް ގުޅުއްވައި ނަން ނޯޓް ކުރެއްވުމުން އެފަރާތަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ލިންކް ފޮނުވައިދެވޭނެވެ.
  • ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ވަގުތަކީ 21 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އެވެ. ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް ދެވިފައިވާ ގަޑީގެ ފަހުން އެދިވަޑައިގަންނަވާ އެއްވެސް ފަރާތަކަށް ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

ނޯޓް: މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަދި އަމިއްލަ ފަރުދުންނަށެވެ.

އިތުރު މަޢުލޫމާތު

ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ، ވ.ތިނަދޫ، ދިވެހިރާއްޖެ،

ފޯން: 6700604، އީމެއިލް: [email protected] 

16 އޮގަސްޓް 2025
ހޯދާ