ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓަންޓް ޓެކްނީޝަން

މަޤާމް

އެސިސްޓަންޓް ޓެކްނީޝަން

މަޤާމުގެ ރޭންކް

L9-F1(T)

ބޭނުންވާ ޢަދަދު:

03

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް

ޓެކްނިކަލް ރިސޯސް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 06 ދުވަހު – ޝިފްޓް އުސޫލުން 8 ގަޑިއިރު

އަސާސީ މުސާރަ

  • -/6,000 ރުފިޔާ

ސަރވިސް އެލަވަންސް

-/3,500 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ 20% އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

  • ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ސާނަވީ އިމްތިހާނުން ދަށްވެގެން ދެ މާއްދާއިން ޑީ ގްރޭޑް ލިބިފައިވުން، ނުވަތަ
  • މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޚަބަރާއި ޕްރޮގްރާމްތަކަށް، ބޮޑެތި އިވެންޓްތަކާއި އައުޓްޑޯ ޝޫޓިންގތަކަށްގޮސް ރިކޯޑިންގ ހެދުން.
  • ސްޓޫޑިއޯތަކާއި ލޮކޭޝަންތަކުގައި ރެކޯޑްކުރެވޭ ސައުންޑް ކޮންޓެންޓާއި އެފަދަ ތަންތަނުން ލައިވްކުރެވޭ ސައުންޑް ކޮންޓެންޓް، ވީ އެންމެ ރަނގަޅަކަށް ނެގުން. 
  • ރެކޯޑްކުރެވޭ ސައުންޑުތަކަކީ، އެ ސައުންޑެއްގެ ބޭނުން އެންމެ ރަނގަޅަށް ހިފޭ އަދި އުފެއްދުންތެރި އެއްޗަކަށް ހެދުމަށް، ކޮންޓެންޓް މޭކަރގެ ލަފައާއި އިރުޝާދާއެކު ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތްކުރުން.
  • ޕްރޮގްރާމްތަކާއި ބޮޑެތި ޕްރޮޑަކްޝަންތަކާއި އަދި އެކި އެކި ރެކޯރޑިންތައް ތައްޔާރުކުރުމާއި އެކި އިވެންޓްތައް ކަވަރކުރުމާއި ލައިވްކުރުންފަދަ ކަންކަމުގެ ޕްރީ ޕްލޭނިންގ މަރުޙަލާގައި، ފަންނީ ގޮތުން ބޭނުންވާ ލަފައާއި އެހީތެރިކަން ލިބިދީ ކަމާބެހޭ ބައްދަލުވުންތަކުގައި ބައިވެރިވެ ޓީމްވާރކް ވީ އެންމެ ރަނގަޅަށް ދެމެހެއްޓުން. 
  • ޙަވާލުކުރެވޭ މަސައްކަތުގެ ވީޑިއޯ އާއި އޯޑިއޯ ރެކޯޑްކުރުން
  • ސްޓޫޑިއޯތަކާއި ލޮކޭޝަންތަކުގައި ރެކޯޑްކުރެވޭ މަލްޓި ކެމެރާ ރެކޯޑިންގ، ކަޓްސުވިޗް ބޭނުންކޮށްގެން  ކޮންޓެންޓާއި އެފަދަ ތަންތަނުން ލައިވްކުރެވޭ ވީޑިއޯ ކޮންޓެންޓް، ވީ އެންމެ ރަނގަޅަކަށް ރެކޯރޑް ކުރުން. 
  • ޕްރޮގްރާމެއް ނުވަތަ އިވެންޓްގައި ޙަވާލުކުރެވޭ އެޑިޓީންގ މަސައްކަތްކުރުން
  • ތަފާތު ތަންތާނގައި ތަފާތު ޙާލަތްތަކުގައި، ބޭނުންކުރާ އެންމެހާ އިކްވިޕްމަންޓްތަކާއި ތަކެތި  އެންމެ ރައްކާތެރި ގޮތުގައި އުފުލުމާއި ގެންގުޅުމާއި ބެލެހެއްޓުން.
  • ލައިވް ނުވަތަ ރިކޯރޑިންގ ހެދުމަށް ބޭނުންވާ ތަކެތީގެ ލިސްޓް ހެދުމާއި، ލައިވް ނުވަތަ ރިކޯރޑިންގ ސެޓްއަޕް ރޭވުމާއި އަދި ނިމިގެން ތަކެތި ނެގުން.
  • ޒަމާނީ ޓެކްނޮލޮޖީއަށް ހޭލުންތެރިވުމާއި އަލަށް ތަޢާރަފް ކުރެވޭ އާލަތްތަކަށް އަހުލުވެރިވުން.
  • ވަޒީފާއާއި ގުޅުން ހުރި މަސައްކަތް ކުރުމަށް މާލެއިން ބޭރުގައި މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 21 އޮގަސްޓް 2025 ވަނަ ދުވަހުގެ މެންދުރު  12:00ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000228، 3000207  އާއި ގުޅުއްވުން އެދެމެވެ.

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

16 އޮގަސްޓް 2025
ހޯދާ