މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމާގުޅޭ

މި ވުޒާރާގެ ބެލުމުގެ ދަށުގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. މި ނީލަމާގުޅޭ ތަފްޞީލު ތިރީގައި މިވަނީއެވެ.

  1.  އިޢުލާނުގެ ވަނަ: 2 ވަނަ
  2. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން:     ގ. ބިހުރޯޒު ކަމަނާ މިސްކިތު ގުދަން/މާލެ
  3. ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 2025 އޮގަސްޓް 26 ވަނަ ދުވަހުގެ 13:00 ގައި
  4. ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު:    ދުވަހު ނީލަމުގައި

މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. 

ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

މިއީ މިނީލަމާއިގުޅޭ 2 ވަނަ އިޢުލާންކަމަށްވާތީ، ނީލަންކިޔުމަށް ހަމަޖެހިފައިވާ ގަޑީގައި އެއްވެސް ފަރާތަކުން މުދާ ނުނަގައިފިނަމަ ޙާޟިރުވިފަރާތް ތަކުގެ މެދުގައި އެއްބަސްވެވޭ އަގެއް ކަނޑައެޅުމަށްފަހު މުދާ ދޫކޮށްލެވޭނެ ވާހަކަ މަޢުލޫމާތަށްތަކައި ދަންނަވަމެވެ.

14 އޮގަސްޓް 2025
ހޯދާ