މަޤާމު
ބޭނުންވާ އަދަދު
|
އެސިސްޓެންޓް މެކޭނިކް
01
|
- މަޤާމުގެ ނަން: އެސިސްޓެންޓް މެކޭނިކް
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އ.ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ރޭންކް: GS3
|
މުސާރަ
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
މަޤާމު އޮތް ތަން
|
އއ. އަތޮޅު ހޮސްޕިޓަލް
|
އާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭ ތަން:
|
އއ. އަތޮޅު ހޮސްޕިޓަލް / އެޑްމިން އެންޑް ހިއުމަން ރިސޯސް
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ހޮސްޕިޓަލާއި، އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުގައި ބޭނުންކުރެވޭ މެޝިނަރީއާއި، އިކްވިޕްމެންޓްތަކުގެ ތެރެއިން މަރާމާތުކުރަންޖެހޭ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން.
- ހޮސްޕިޓަލްގެ ފެނުގެ ނިޒާމަށް ދިމާވާ މައްސަލަތައް ރަނގަޅުކޮށް ބެލެހެއްޓުން.
- ހޮސްޕިޓަލްގެ އިލެކްޓްރިސިޓީއާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
- ހޮސްޕިޓަލްގައި ދުއްވާ އުޅަނދުފަހަރާއި ވެހިކަލްތަކަށް ލިބޭ ގެއްލުންތައް ރަނގަޅު ކުރުމާއި، ކުރަންޖެހޭ މަރާމާތުތަކާއި، މިނޫންވެސް މިބާވަތުގެ އެންމެހާ ކަންތައްތައް ކުރުން.
- ސަޕޯޓް ސާރވިސް ސެކްޝަންގައި ކުރެވޭ މައިގަނޑު ހުރިހާ މަސައްކަތެއްގައި ބައިވެރިވެ މަސައްކަތް ކުރުން.
|
ޝަރުތު:
|
- ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށފައިވުމާއެކު، ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސްގެ ދާއިރާގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ:
- ސާނަވި އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
|
މަޤާމު
ބޭނުންވާ އަދަދު
|
އެސިސްޓެންޓް ޕަބްލިކް ރިލޭޝަން އޮފިސަރ
01
|
މަޤާމުގެ ނަން: އެސިސްޓެންޓް ޕަބްލިކް ރިލޭޝަން އޮފިސަރ
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އ.ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މުސާރަ
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
މަޤާމު އޮތް ތަން
|
އއ. އަތޮޅު ހޮސްޕިޓަލް
|
އާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭ ތަން:
|
އއ. އަތޮޅު ހޮސްޕިޓަލް / ޕަބްލިކް ރިލޭޝަން
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ޕަބްލިކް ރިލޭޝަންގެ އިންޗާޖް ނެތިއްޖެހި ހިނދެއްގައި އޭނާގެ މަސައްކަތްތަކާ އިސްކޮށް ހަވާލުވެ ކުރަމުން ގެންދިއުން.
- އަލަށް ވަޒީފާއަށް ގުޅޭ މުވައްޒަފުންނަށް ހޮސްޕިޓަލްގެ ޢާންމު ގަވާއިދުތައް ރަނގަޅަށް އޮޅުންފިލުވައިދިނުމާއި، ގަވާއިދުތަކަށް އަހުލުވެރިކުރުމަށް މަސައްކަތް ކުރުން.
- ޕަބްރިލޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ ޑިއުޓީ ރޯސްޓަރ ހަދައި ބެލެހެއްޓުގެ އިންތިޒާމު ހަމަޖެއްސުން.
- އެކިއެކި ބޭނުންތަކަށް ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުންނާއި ރިވެތިބަހުން ހިތްހެޔޮކަމާއެކު ވާހަކަ ދައްކައި ބޭނުންވާ ޚިދުމަތެއް ފަހިކޮށް ދިނުމަށް މަސައްކަތް ކުރުން. އަދި ވާނުވާ ބަލަމުން ގެންދިއުން.
- ބަލިމީހުންގެ ސިއްރުތައް ހިފެހެއްޓުމާއި، އެހެން މުވައްޒަފުން އެކަމަށް އަހުލުވެރިކުރުވުމަށް މަސައްކަތް ކުރުން.
- ހޮސްޕިޓަލަށް އަންނަ ބަލިމީހުންގެ އައި.ސީ.ޑީ ކޯޑު ދުވަހުންދުވަހަށް އަޕްޑޭޓްކޮށް ނިންމުވުން.
- ހޮސްޕިޓަލްގެ އޯ.ޕީ.ޑީގެ އިންވެންޓްރީ ޗެކްކުރުވުން.
- ހޮސްޕިޓަލްގެ ވެއިޓިންގ އޭރިޔާގައި ބެހެއްޓިފައިވާ ލީފްލެޓް ބޯޑުތައް ދުވަހުން ދުވަހަށް ރީތިކޮށް ތަރުތީބު ކުރުވުން.
- ކައުންޓަރުގައި ޑިއުޓީ ކުރަންޖެހިއްޖެ ހިނދެއްގައި ޑިއުޓީ ކުރަމުން ގެންދިއުން.
- ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އަތޮޅުގެ ރަށްރަށް ކުރާ ދަތުރުތަކުގައި ބައިވެރިވާންޖެހިއްޖެ ހިނދެއްގައި ބައިވެރިވެ ޙަރަކާތްތެރިވުން.
|
ޝަރުޠު:
|
- ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިން މެނޭޖްމަންޓް، ބިޒްނަސް މެނެޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިން މެނޭޖްމަންޓް، ބިޒްނަސް މެނެޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ:
- ސާނަވި އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
ޢިނާޔަތްތައް:
|
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތްތައް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސާއި، ޝިފްޓް އެލަވަންސް ދެވޭނެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ހޮސްޕިޓަލްގެ ކައުންޓަރުން ކައުންޓަރުން ލިބެން ހުންނާނެއެވެ.) އަދި ސިވިލް ސަރވިސްގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. )
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.(އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި:
|
- މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުމުގެ އެންމެފަހުގެ ތާރީޚަކީ 13 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި ހޮސްޕިޓަލްގެ އިދާރީ ސެކްޝަނަށް. އަދި މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.
- ދެންނެވިފައިވާ މުއްދަތުގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނޭ ވާހަކަވެސް ދަންނަވަން.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
- މި މަޤާމަށް ކުރިމަތިލާ މީހުންނާ އިންޓަރވިއުކުރުން އޮންނާނީ މިހޮސްޕިޓަލްގެ ކޮންފަރެންސްހޯލުގައެވެ.
- މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ އޮކްޓޫބަރުމަހުގެ ތެރޭގައެވެ.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6660645 އެވެ.
|