މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން 10 ރަށެއްގައި މައިގްރޭންޓް ހެލްތް ކޭމްޕްތަކެއް އިންތިޒާމުކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް

                    އިޢުލާން

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން 10 ރަށެއްގައި މައިގްރޭންޓް ހެލްތް ކޭމްޕްތަކެއް އިންތިޒާމުކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)23-PD(PMS)/23/2025/234 (24 ޖުލައި 2025) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާތިލުކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 26 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2 ސެޕްޓެމްބަރ 2025 ވާ ބުދަ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 27 އޮގަސްޓް 2025 ވާ ބުދަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                             20 ސަފަރު 1447ހ.

14 އޮގަސްޓް 2025
ހޯދާ