ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ އިން އެހެނިހެން ވިޔަފާރި ތަކަށް ބިން ކުއްޔަށްދިނުން.

ގދ.ގައްދޫ އިން އެހެނިހެން ވިޔަފާރި ތަކަށް ބިން ކުއްޔަށްދިނުން

                   ގދ.ގައްދޫ އިން އެހެނިހެން ވިޔަފާރިތަކަށް ބިން ކުއްޔަށް ދިނުމަށް ރަސްފަންނު ސަރަޙައްދުގައި ހުރި ހަޓު ހިމެނޭހެން  2002.00  ) ދެހާސް  ދޭއް ( އަކަފޫޓްގެ ބިން އެހެނިހެން ވިޔަފާރި ޚިދުމަތްތަކަށް 25 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފުރުސަތހުޅުވާލަމެވެ.   

               ވީމާ، މިބިމުގައި އެހެނިހެން ވިޔަފާރި ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 28 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.  

14 އޮގަސްޓް 2025
ހޯދާ