| 
 މަޤާމު 
 | 
 ހައުސް ކީޕަރ 
 | 
| 
 ބޭނުންވާ އަދަދު 
 | 
 01 
 | 
 މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 4 
 | 
 ރޭންކް: SS4 
 | 
| 
 މުސާރަ 
 | 
 މަހަކު -/3875 ރުފިޔާ 
 | 
| 
 ސަރވިސް އެލަވަންސް 
 | 
 މަހަކު -/1000 ރުފިޔާ 
 | 
| 
 ޑިވިޝަން/ ސެކްޝަން 
 | 
 ހައުސްކީޕިންގ އެންޑް މެއިންޓެނަންސް 
 | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން 
 | 
 މުލީ ރީޖަނަލް ހޮސްޕިޓަލް / މ. މުލި 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް 
 | 
- ހޮސްޕިޓަލާއި މިރިހި ޢިމާރާތުގެ އެތެރެއާއި ބޭރު އަދި ގޯތިތެރެ ކުނިކަހައި ފޮޅައި ސާފުކުރުވައި ބެލެހެއްޓުމާއި މަސައްކަތުމީހުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.
 
- ހޮސްޕިޓަލާއި މިރިހި އިމާރާތުގެ އެންމެހާ މަރާމާތުތައް ކުރުމާއި އަދި ކުރުވުން.
 
- ހޮސްޕިޓަލްގެ ލޯންޑްރީއަށް ބޭނުންވާތަކެތި ސްޓޮކުން ހޯދައި ލޯންޑްރީގެ މަސައްކަތްތައް ބެލެހެއްޓުން.
 
- ހައުސްކީޕިންގގައި ބޭނުންކުރާ ޓޫލްސްތައް ފަރުވާތެރިކަމާއެކު ބެލެހެއްޓުން.
 
- ބައުވެގެން ނަގާ ފަރުނީޗަރާއި އެހެނިހެން މެޝިނަރީޒްތައް ގުދަންކުރުމާއި ނީލަން ކިޔުމުގައި އެހީތެރިވުން.
 
  | 
| 
 ތަޢުލީމާއި ތަޖުރިބާ 
 | 
- ހައުސްކީޕިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ހައުސްކީޕިންގ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 
  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް 
 | 
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
 
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
 
  | 
| 
 ޢިނާޔަތްތައް 
 | 
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް 
 | 
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ހޮސްޕިޓަލްގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.)
 
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
 
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
 
  | 
| 
 ސުންގަޑި 
 | 
 12 އޮކްޓޫބަރު 2015 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮފީހަށް. 
 | 
| 
 އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 
 | 
 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި، މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮފީހުގައި. 
ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
 | 
| 
 އިތުރު މަޢުލޫމާތު 
 | 
 މަޢުލޫމާތު ސާފުކުރައްވަން (ރަސްމީގަޑީގައި) ގުޅުއްވާނެ ނަންބަރަކީ 6720603 އެވެ. ވަޒީފާއަށް އެދޭ ފޯމު މި ހޮސްޕިޓަލްގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި  ސިވިލް ސަރވިސްގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. 
 |