ދިވެހިރާއްޖެ
Netaji Subhas ICAR International Fellowship 2025/2026 |
||||||
އިންޑިޔާގެ ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އައި.ސީ.އޭ.އާރް އިންޓަރނޭޝަނަލް ފެލޯޝިޕް ޕްރޮގްރާމް 2026/2025 ގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ދިވެހިރާއްޖެއަށް ލިބިފައެވެ.
މި ޕްރޮގްރާމަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ފެލޯޝިޕް ދޭ ފަރާތުންނެވެ. މި ޕްރޮގްރާމްގެ އިތުރު މައުލޫމާތު މި އިޢުލާނާއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކޮށްފައިވާ މަޢުލޫމާތު ޝީޓުން ލިބެންހުންނާނެއެވެ. އަދި މި ޕްރޮގްރާމްއަށް އެޕްލިކޭޝަން ހުށަހެޅުމަށް ތިރީގައި ބަޔާން ކޮށްފައިވާ ސަބްޖެކްޓް ލައިން ޖަހާފައި އީމެއިލް ކުރެއްވުން އެދެމެވެ. ވީމާ، މި ޕްރޮގްރާމްގައި ބައިވެރިމުވަށް ޝައުގުވެރިވާ ފަރާތްތަކުން، 31 އޮގަސްޓު 2025 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުންއެދެމެވެ.
.................................................................................................................................................................... * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ. * މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ. |