ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގެ
ދިވެހިރާއްޖެ
މިއޮފީހުގައި ހުރި ބޭނުންކޮށްފައިވާ ބައެއް ތަކެތި ނީލަން ކިޔުމާ ގުޅޭ

މި އިޢުލާންވަނީ 14 އޮގަސްޓް 2025 13:50 ގައި ބާތިލް ކުރެވިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ
މުލީއާގެ – ދިވެހިރާއްޖެ

(IUL)RRG-IM/RRG/2025/1

މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކާލުން

އިޢުލާން

މި އޮފީހުގެ ނަންބަރު (IUL)RRG-IM/NRG/2025/1 އިޢުލާނުގައިވާ ގޮތުގެމަތިން، 12 އޮގަސްޓު 2025 ވީ އަނގާރަ ދުވަހުގެ ނީލަމުގައި ނުވިކި ހުރި ތަކެތި އަލުން ނީލަން ކިޔުން 25 އޮގަސްޓު 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 09:30 ގައި މި އޮފީހުގެ ރަންޖެހިކޮށީ ގޯތިތެރޭގައި އޮންނާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 25 އޮގަސްޓު 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 09:30 އަށް ރަންޖެހިކޮށްޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ. މިދުވަހުގެ ނީލަމުގައި ނުވިކޭ ތަކެތީގެ އަގު ދަށްކުރުމަށްފަހު ނީލަމުގެ ބައިވެރިންގެ ޙާޟިރުގައި ކުރިޔަށް ގެންދެވޭނެއެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ބަނޑޭރި ޕޯޓަލް   https:/bandeyripay.finance.gov.mv މެދުވެރިކޮށް ދެއްކުމަށްފަހު، ސަރުކާރު ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. ފައިސާ ދެއްކުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންދާ ތަކެއްޗާމެދު މި އޮފީހަށް ފެންނަ ގޮތަކަށް ޢަމަލުކުރެވޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރުމަށްފަހު އެތަކެތި ނުގެންދާ ފަރާތްތަކަށް މި އޮފީހުން  ބާއްވާ ނީލަންތަކުގައި ދެން ބައިވެރި ވެވޭނީ، 3 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

25 އޮގަސްޓު 2025

14 އޮގަސްޓް 2025
ހޯދާ