ދިވެހިރާއްޖެ
ކޯޓޭޝަން ހޯދުމުގެ ދަޢުވަތު
މިނިސްޓްރީ އޮފް ހެލްތަށް ތިރީގައިވާ މައުލޫމާތާ އެއްގޮތައް 60 ޖިޕްސަމް ސީލިންގު ޓައިލް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
Item |
Specification |
Gypsum ceiling Tile |
600x1200x9mm |
މި މިނިސްޓްރީއަށް މަތީގައިވާ ޖިޕްސަމްބޯޑު ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން 19 އޯގަސްޓު 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ކޯޓޭޝަން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. މި އައިޓަމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 17 އޯގަސްޓު 2025 ވާ އާދިއްތަ ދުވަހު 13:00 ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
4 ރަބީއުލްއައްވަލް 1447