މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މާފަރު އެއަރޕޯޓް ހުޅަގުފަރާތު ބީޗް ސަރަހައްދުން ވިޔަފާރި ކުރުމަށް ބިން ދޫކުރުން

 

އިޢުލާން

 ނ.މާފަރު އެއަރޕޯޓް ހުޅަގުފަރާތު ބީޗް ސަރަހައްދުން ވިޔަފާރި ކުރުމަށް ބިން ދޫކުރުން 


                        

ނ.މާފަރުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތައް މާފަރު އެއަރޕޯޓް ހުޅަނގުފަރާތު ބީޗް ސަރަހައްދުން ވިޔަފާރިކުރުމަށް 1 (އެކެއް) ބިން ކުއްޔައްދޫކުރުމަށް ހުޅުވާލަމެވެ.

ވީމާ، މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މާފަރު ކައުންސިލް އިދާރާ އަށް "ބީލަން ރަޖިސްޓްރީވުމަށް އެދޭ ފޯމް" ހުށަހެޅުއްވުން އެދެމެވެ.

ބިމުގެ މަޢުލޫމާތު:-

#

ބިން އޮތް ސަރަޙައްދު

ބިމުގެ ބާވަތް

ބިމުގެ ބޮޑުމިން

ބިމުގެ އަދަދު

ދޫކުރެވޭ އެންމެ ކުޑަކުލި

1

ނ.މާފަރު އެއަރޕޯޓް ހުޅަނގުފަރާތުބީޗް  ސަރަހައްދު

ވިޔަފާރިކުރުމަށް

5062.4 އަކަފޫޓު

(ބިން ނަންބަރ: 1)

1

އަކަފޫޓަކަށް މަހަކު -/2 ރުފިޔާ

 

  1. މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

ބީލަން ހުށަހެޅުން:

ބީލަން ހުށަހެޅުން އޮންނާނީ 1 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި މާފަރު ކައުންސިލް އިދާރާގައެވެ.

ބިން ތަރައްޤީކުރުން:

ބިން ލިބިއްޖެނަމަ، އެ ބިން ތަރައްޤީކޮށް ވިޔަފާރި ފަށާނެ ތާރީޚެއް އަންދާޒާކޮށް ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.

ބިން ކުއްޔަށް ހިފާ ފަރާތުން، އިޖުތިމާޢީގޮތުން ކޮށްދޭނެ ކަންތައްތައް

ބިން ކުއްޔަށް ހިފާ ފަރާތުން ރަށުގެ އިޖުތިމާޢީކަންކަމަށް އަހަރަކު ކުރާނެ ކަންކަން  ނުވަތަ ޚަރަދު ކުރާނެ މިންވަރު ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.   

ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ކުލި:

ބިން ކުއްޔަށް ހިފާ ފަރާތުން ހުށަހަޅާ އެންމެ ބޮޑު ކުލި ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ. (މަޢުލޫމާތު ކަރުދާހުގައި ވާގޮތަށް)

ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔުމެއް

މާކުސް ދެވޭގޮތުގެ ތަފުސީލު:

މާކުސް ދެވޭނެ ކްރައިޓީރިއާ

މާކުސް ދެވޭގޮތް

ތަފުސީލު

ހުށަހަޅާ މަހުކުއްޔަށް

% 70

  • ހުށަހަޅާ މަހު ކުއްޔަށް ދެވޭ މާކުސް  
  • މި މާކުސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ ބެންޗްމާކު ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ބޮޑު އަގަށެވެ.

މާފަރު ރައްވެއްސަކަށް ވުން

% 10

  • ·         މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ މާފަރުގެ ރައްވެހިންގެ ރަޖިސްޓްރީގައި ހިމެނޭ މީހުންނަށެވެ.
  • ·         މި މާކުސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައަޅާއިރު އެބިމަށް އެދޭ ފަރާތަކީ މާފަރުގެ ރައްވެއްސެއްކަން އަންގައިދޭ ފަރާތެއްކަން އެގޭނެ ލިއުމެއް ހުށައަޅާފައިވާނަމަ މިބަޔަށް ޕޮއިންޓް ދެވޭނެއެވެ.

އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް

% 10

  • އިޖުތިމާޢީ ކަންކަމަށް ކުރާ ހޭދައަށް ދެވޭ މާކުސް    
  • މި މާކްސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން އިޖުތިމާޢީ ކަންކަމަށް ހުށަހަޅާފައިވާ އެންމެ ބޮޑު އަދަދަކީ ބެންޗްމާކު ކަމަށް ބަލައިގެން ކަނޑައެޅިފައިވާ % އެއް ހުށަހެޅުނު ޢިނާޔަތްތަކުގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެބޮޑު އަދަދެއް ހުށަހަޅާފައިވާ ފަރާތަށެވެ. 

އަޕްފުރަންޓް ޕޭމަންޓަށް ހުށަހަޅާ އަގު

% 10

  • ހުށަހަޅާ އަޕްފުރަންޓް އެމައުންޓް
  • މި މާކުސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ ބެންޗްމާކު ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ބޮޑު އަގަށެވެ.

                  

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 އޮގަސްޓް 2025
ހޯދާ