ދިވެހިރާއްޖެ
މަޤާމު: ސްޕޯޓްސް ސްޕަވައިޒަރ
ބޭނުންވާ އަދަދު: 1
ރޭންކް: ޖީ. އެސް 4
ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
މުސާރަ: -/5020 ރުފިޔާ
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ވޭމަންޑޫ ސްކޫލް
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އިދާރީ ސެކްޝަން/ ތ ވޭމަންޑޫ ސްކޫލް
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- އެކިއެކި ކުޅިވަރު މުބާރާތްތަކަށް ކުދިން ތައްޔާރުކުރުމާއި ކުދިންނަށް ފޯރުކޮށްދޭންޖެހޭ އެންމެހައި ފެސިލިޓީޒްތައް ކުދިންނަށް ދަތިނުވާގޮތަށް ފޯރުކޮށްދިނުން.
- ސްޕޯޓްސްއަށް އަންނަ ކުދިންގެ ހާޒިރީ ބެލުމާއި ކުދިންނާބެހޭ އެންމެހާ ރެކޯޑުތައް ތައްޔާރުކޮށް ބެލެހެއްޓުން.
- ސްޕޯޓްސް އިންސްޓްރޫމެންޓްގެ އިންވެންޓްރީ ގަވާއިދުން ލިޔެ ބެލެހެއްޓުން.
- ޓައިމްޓޭބަލާ އެއްގޮތަށް ތިޔަރީ ކުލާސްތައް ކުރިޔަށް ގެންދިޔުން
- ސްޕޯޓްސްއަށް ބޭނުންކުރާ ތަކެތި އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އެފަދަ ތަކެތި ހަލާކުވުން ފަދަ ކަމެއް ވެއްޖެނަމަ އެޑްމިންއަށް އެކަން އަންގައި އެތަކެތި ހޯދުން.
- އެކިއެކި މުބާރާތްތަކަކަށް ޓްރޭނިން ދިނުމުގައި އެކަންތައްތައް ރާއްވައި ކޯޗުންގެ ކަންތައްތައް މެނޭޖްމެންޓާ ވާހަކަ ދައްކައިގެން ހޯއްދަވައި ކޯޗިންއާބެހޭ ރެކޯޑުތައް ބެލެހެއްޓުން.
- ކޮންމެ ޓާމެއް ނިމުމާއެކު އެޓާމުގައި ހިންގުނު ސްޕޯޓްސް ޙަރަކާތްތަކާއި ޕީއީ ޙަރަކާތްތަކުގެ ރިޕޯޓް ތައްޔާރު ކުރައްވައި ޕްރިންސިޕަލަށް ހުށަހެޅުއްވުން.
- މުދައްރިސުން ހަމަނުވާ ހާލަތްތަކުގައި ޕީއީ ގަޑިތައް ނެންގެވުން.
ޝަރުޠު:
1. ކިޔަވައިދިނުމުގެ/ކުޅިވަރުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ނުވަތަ
2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނެއްގައި 'ދިވެހި' މި ދާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ނުވަތަ
3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، ކިޔަވައިދިނުމުގެ/ކުޅިވަރުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
- ތަޢުލީމީ ގޮތުން އެންމެ މަތީ މާކްސް ލިބިފައިވާ ފަރާތަށާއި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަރވިއުއިން އެންމެ މަތީ މާކްސް ލިބިފައިވާ ފަރާތަކަށެވެ.
އިންޓަރވިއު ކުރުން
ހ. މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އިންޓަރވިއު 18 އޮކްޓޫބަރު 2015 އާއި 31 އޮކްޓޫބަރު 2015 އާ ދެމެދުގައި އޮންނާނެއެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު، ފޯމު ލިބިވަޑައިގަންނަވާނީ ވޭމަންޑޫ ސްކޫލް އޮފީހުންނާއި، www.csc.gov.mv މި ވެބްސައިޓުންނެވެ.
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ވޭމަންޑޫ ސްކޫލް އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތިދުވަހުގެ 14:30 ގެ ކުރިން ވޭމަންޑޫ ސްކޫލްގެ އޮފީހަށް.
ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ވޭމަންޑޫ ސްކޫލްގެ ނަންބަރު 6780564 ފޯނަށް ގުޅުއްވުން އެދެމެވެ.