ދިވެހިރާއްޖެ
މަޤާމު: ސީނިއަރ ލެބޯޓްރީ އެސިސްޓެންޓް
ބޭނުންވާ އަދަދު: 1
ރޭންކް: ޖީ. އެސް 4
ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
މުސާރަ: -/5020 ރުފިޔާ
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
ވަޒީފާއޮތް އޮފީސް: ވޭމަންޑޫ ސްކޫލް
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އިދާރީ ސެކްޝަން/ ތ. ވޭމަންޑޫ ސްކޫލް
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1- ކިޔެވުން އޮންނަ ކޮންމެ ދުވަހެއްގެ ހެނދުނު 7:00 ގެ ކުރިން ސައެންސް ލެބް ހުޅުވާ ދުވަހުގެ މަސައްކަތަށް ތައްޔާރުކުރުން.
2- ކުލާސްތަކަށް ކިޔަވައިދެއްވާ މުދައްރިސުން އެދި ލައްވާ ގޮތެއްގެމަތިން ލެބުގައި ޕްރެކްޓިކަލްސް ހެދޭނެ އިންތިޒާމު ހަމަޖައްސައިދިނުން.
3- ސައެންސް ލެބުގައި ހުންނަ އިކްއިޕްމަންޓްސްގެ ރަޖިސްޓަރީ ތައްޔާރުކޮށް ބަލަހައްޓަން ފަސޭހަވާނޭހެން ލޭބަލްކުރުން.
4- ސައެންސް ލެބްގެ ސްޓޮކް ދުވަހުން ދުވަހަށް ބަލަހައްޓައި، ޓީޗަރުންނަށް ދޫކުރާ ތަކެތީގެ ރަޖިސްޓަރީ ބެލެހެއްޓުން.
5- ޓީޗަރުންގެ މަޝްވަރާއާއެކު ލެބުގައި މަދުވާ ކެމިކަލްސްއާއި، އިކްއިޕްމަންޓްސް ހޯދުމަށްޓަކައި ސެކްޝަންގެ އިސްވެރިޔާ މެދުވެރިކޮށް ބަޖެޓް ސެކްޝަނާ ވާހަކަދައްކައިގެން ހޯދުމަށް މަސައްކަތްކުރުން.
6- ސައެންސް ލެބުގައި ހުންނަ ކެމިކަލްސްތަކާއި އިކްއިޕްމަންޓްސް ރައްކާތެރި ގޮތުގައި ބެލެހެއްޓުން.
7- ސައެންސް ލެބުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، ތަކެތި ގެންގުޅުމުގައި ފަރުވާ ކުޑަކުރާ ފަރާތްތަކަށް ސްކޫލް އިދާރާ މެދުވެރިކޮށް ފިޔަވަޅު އެޅުމަށް މަޝްވަރާދިނުން.
8- ސައެންސް ލެބުގައި ޕްރެކްޓިކަލްސް ލެސަންތައް ކުރިޔަށް ގެންދާއިރު މުދައްރިސުންނާއި ދަރިވަރުންނަށް އެހީތެރިވެދިނުމަށް ލެބުގައި ޙަރަކާތްތެރިވުން.
ސިވިލް ސާރވިސަސްގެ ކޯޑް އޮފް ކޮންޑަކުޓަށް އިޙުތިރާމު ކުރުމާއި އޭގައި ބަޔާންކުރާ ގޮތަށް ޢަމަލުކުރުން.
ޝަރުޠު:
1. ލެބޯޓަރީއާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ނުވަތަ
2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނެއްގައި 'ދިވެހި' މި ދާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ނުވަތަ
3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
- ތަޢުލީމީ ގޮތުން އެންމެ މަތީ މާކްސް ލިބިފައިވާ ފަރާތަށާއި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަރވިއުއިން އެންމެ މަތީ މާކްސް ލިބިފައިވާ ފަރާތަކަށެވެ.
އިންޓަރވިއު ކުރުން
ހ. މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އިންޓަރވިއު 18 އޮކްޓޫބަރު 2015 އާއި 31 އޮކްޓޫބަރު 2015 އާ ދެމެދުގައި އޮންނާނެއެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު، ފޯމު ލިބިވަޑައިގަންނަވާނީ ވޭމަންޑޫ ސްކޫލް އޮފީހުންނާއި، www.csc.gov.mv މި ވެބްސައިޓުންނެވެ.
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ވޭމަންޑޫ ސްކޫލް އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތިދުވަހުގެ 14:30 ގެ ކުރިން ވޭމަންޑޫ ސްކޫލްގެ އޮފީހަށް.
ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ވޭމަންޑޫ ސްކޫލުގެ ނަންބަރު 6780564 ފޯނަށް ގުޅުއްވުން އެދެމެވެ.