މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތީގެ ރަޖިސްޓަރީ ބާޠިލް ކުރުމާ ގުޅޭ

ހ.މެދުގެ އެވެ، ކިޔާ ގޯތީގެ ރަޖިސްޓަރީ ބާޠިލް ކުރުމާ ބެހޭ

ހ.މެދުގެ އެވެ، ކިޔާ ގޯތީގެ ބިމާއި ޢިމާރާތް ވިއްކުމުގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/43 ޤަޟިއްޔާއިން ޝަރީޢަތް ނިންމަވާފައިވާގޮތުގެ މަތިން ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ބަދަލުކުރުމަށް އެދި މި އިދާރާއަށް ވަނީ ހުށަހަޅާފައެވެ.

ވީމާ، ހ.މެދުގެ އެވެ، ކިޔާ ގޯއްޗަށް ހަދައިދީފައިވާ ނަންބަރު އ.5751 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ބާޠިލުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ޤަޟިއްޔާގެ ޝަރީޢަތް ނިންމަވާފައިވާ ގޮތަށް ހ.މެދުގެ އެވެ، ކިޔާ ގޯތީގެ ރަޖިސްޓަރީ އަށް ގެންނަންޖެހޭ ބަދަލު ގެނެވޭނެކަން ޢާންމުކޮށް އަންގާ ޢިއުލާންކުރީމެވެ.

14 އޮގަސްޓް 2025
ހޯދާ