ދިވެހިރާއްޖެ
އިޢުލާން
މި އިދާރާގެ ތިރީގައި މި ދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
| މަގާމް: | ސީނިއަރ ކައުންސިލް އޮފިސަރ | ||||||||||||
| ބޭނުންވާއަދަދު: | 1 (އެކެއް) | ||||||||||||
| މަޤާމުގެނަންބަރު: | J-395853 | ||||||||||||
| މަޤާމުގެގިންތި: | ދާއިމީ | ||||||||||||
| މަޤާމުގެރޭންކް: | އެމް.އެސް. 2 | ||||||||||||
| މަޤާމުގެކްލެސިފިކޭޝަން: | ސީނިއަރ އޮފިސަރ ގްރޭޑް 2 | ||||||||||||
| ވަޒީފާއަދާކުރަންޖެހޭތަން: | ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ | ||||||||||||
| މުސާރަ | 6,295.00 ރުފިޔާ | ||||||||||||
| ސަރވިސްއެލަވަންސް | 2,000.00 ރުފިޔާ | ||||||||||||
| އެހެނިހެންއެލަވެންސް | 
 | ||||||||||||
| މަޤާމުގެ މައިގަނޑުމަސްއޫލިއްޔަތުތަކާއިވާޖިބުތައް: | 1- ކައުންސިލްގެ އިދާރާގެ މުނިސިޕަލް މަސައްކަތު މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން. 2- ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން. 3- ކުނި މެނޭޖްކުރުމުގެ މަސައްކަތާ ގުޅިގެން ރަށުގެ ރައްޔިތުންނަށް މައުލޫމަތުދީ ހޭލުންތެރި ކުރުމުގެ ޕްރޮގްރާންތައް ހިންގުން. 4- ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ވެހިކަލްތަކާއި މެޝިނަރީތައް މަރާމަތުކޮށް ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުން. 5- ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ރަށުގެ އިޖްތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުން. 6- ކައުންސިލުން ބާއްވާ އެކިއެކި މުބާރާތްތައް ސުޕަވައިޒަރު އަންގާ ގޮތެއްގެ މަތިން ކުރިއަށްގެންދިއުން. 7- ކައުންސިލުން ރަސްމީކޮށް ފާހަގަކުރާ ދުވަސްތައް އަދި ބާއްވާ އެކިއެކި ހަފްލާތަކާއި ރަސްމިއްޔާތުތައް ސުޕަވައިޒަރު އަންގާ ގޮތެއްގެ މަތިން ކުރިއަށްގެންދިއުމާއި އެ ހަރަކާތްތަކާ ގުޅިގެން ހަދަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން. 8- ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދާ ޕެސްޓް ކޮންޓްރޯލް ކުރުމުގެ ހަރަކާތްތަކާއި މަދިރި ކޮންޓްރޯލް ކުރުމުގެ ހަރަކާތްތައް ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ވިލަރެސްކޮށް ބެލެހެއްޓުން. 9- ޕެސްޓް ކޮންޓްރޯލް ކުރުމާއި މަދިރި ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ އިކުއިޕްމަންޓްތަކާއި ކެމިކަލްތަށް ރައްކާތިރިކަމާއެކު ބެލެހެއްޓުން. 10- ސުޕަވައިޒަރު ކަނޑައަޅާ ގޮތެއްގެ މަތިން ގޯތީގެ އިން ވަކިކުރުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން. 11- ކައުންސިލުން އާންމުކޮށްފައިވާ މުނިސިޕަލް ގަވާއިދުތަކާ ޚިލާފުވާ ފަރާތްތައް ދެނެގަނެ، ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުން 12- އިދާރާގެ ހުރިހާމުވައްޒަފުން ޝާމިލުވެގެން ކުރަންޖެހޭ މަސައްކަތްތަކާއި އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައާއި އަދި ދިމާވާ މުހިންމު އަދި އިމަޖެންސީ ކަންތައްތަކާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ ކަންތައްތައް ކުރުން. 13-ކައުންސިލުގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލުގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން. 
 14-ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. | ||||||||||||
| މަޤާމުގެޝަރުތުތައް: | 
 
 | ||||||||||||
| މަޤާމުގެތައުލީމީރޮނގުތައް: https://www.csc.gov.mv/PostStructure/Index/36 (ކޮމިޝަންގެ ވެބްސައިޓްގެ ލިންކް) ޕްރިފަރޑްޑިސިޕްލިންތައް: އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައި ކޯ ޑިސިޕްލިން: ނެތް 
 | |||||||||||||
| ގުޅޭވަޒީފާގެދާއިރާތައް: - އެޑްމިނިސްޓްރޭޝަން - މެނޭޖްމަންޓް 
 | |||||||||||||
| ހުށަހަޅަންޖެހޭލިޔުންތައް: | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް" | ||||||||||||
| ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް: | 
 މި މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 (ފަސްދޮޅަސް) ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބިގެންނެވެ. | ||||||||||||
| މަޤާމަށްއެދެންވީގޮތާއިސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 އޮގަސްޓު 2025 ގެ 12:00 ގެ ކުރިން، ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
 | ||||||||||||
| ޝޯޓްލިސްޓްކުރުން | މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. | ||||||||||||
| އިންޓަރވިއުއަދިއިމްތިހާންއޮންނާނެތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާން އޮންނާނީ، 2025 އޮގަސްޓު 27 އާއި 2025 އޮގަސްޓު 31 އާ ދެމެދު، ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ ގައެވެ. | ||||||||||||
| "ވަޒީފާއަށްކުރިމަތިލީފަރާތްތަކަށްޕޮއިންޓްލިބުނުގޮތުގެޝީޓް (A2ޝީޓު)" އާންމުކުރުން | އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. | ||||||||||||
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820007 އަށެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. 
 | |||||||||||||
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
19 ޞަފަރު 1447
13 އޮގަސްޓު 2025
 
                    