ދިވެހިރާއްޖެ
ލ. ގަމުން މަސްކައްކާ ހިއްކުމަށާއި، ހުއިފިލަނޑާ ކައްކާ ހިއްކުމަށާއި މިފަދަ މަސައްކަތްތަކަށް B1 B2, ނަންބަރު" ބިންތަށް ކުއްޔަށް ދޫކުރުމަށް ކުރެވުނު (ނަންބަރ: (IUL)399-CA/399/2025/86 (10 ޖުލައި 2025) އިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅި ފަރާތްތަކުން މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތަށް އަގު ހުށަހަޅާފައި ނުވާތީވެ އެ އިޢުލާނު ބާތިލްކުރުމަށްފަހު އެފުރުސަތު އަލުން ހުޅުވާލަމެވެ. ވީމާ މި ކަމަށް ޝައުޤުވެރިވެލައްވާ، ފަރާތްތަކުން 21 އޯގަސްޓް 2025 ގެ 12:00 ބިޑް ޑޮކިއުމަންޓް ގަތުމަށްފަހު ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ.
ޓުރާންސްފާ ކުރުމަށްފަހު ސުލިޕް ވައިބަރ ކުރުމުން ބިޑް ޑޮކިއުމަންޓް ހިއްސާކުރެވޭނެއެވެ.
*އެކައުންޓް ނަންބަރ: 7707700315001
*ބިޑް ޑޮކިއުމަންޓް އަގު: 100 ރުފިޔާ ބިމަކަށް
*ވައިބަރ ނަންބަރ: 7611515
| 
 #  | 
 
  | 
 ތަން  | 
 ތާރީޙް  | 
 ގަޑި  | 
| 
 1  | 
 ބީލަމުގައި ރަޖިސްޓުރީވުމަށް  | 
 ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭފޯމް އިދާރާއަށް ހާޒިރުވެ ހުށަހެޅުން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން  | 
 21 އޯގަސްޓް 2025 (ބުރާސްފަތި) އާއި ހަމައަށް  | 
 14:00 އަށް  | 
| 
 2  | 
 ބީލަން ހުށަހެޅުން  | 
 ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް (ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ.)  | 
 26 އޯގަސްޓް 2025 (އަންގާރަ)  | 
 13:00  | 
އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. ބީލަމާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 26 އޯގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 12:00 އާއި ހަމައަށް ގަމު ކައުންސިލްއަށް ޙާޒިރުވެ ނުވަތަ 6801024 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. ވީމާ، މިކަން އަންގާ އިޢުލާން ކުރީމެވެ.
