ދިވެހިރާއްޖެ
އިޢުލާން
ދަމަނަވެށިން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން 3(ތިނެއް) އަހަރުގެ މުއްދަތަށް ލެބޯޓްރީގެ ޚިދުމަތް އައުޓްސޯސް ކޮށްގެން ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)23-PD(PMS)/23/2025/213 (10 އޮގަސްޓް 2025) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ 3(ތިނެއް) އަހަރުގެ މުއްދަތަށް ލެބޯޓްރީގެ ޚިދުމަތް އައުޓްސޯސް ކޮށްގެން ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 އޮގަސްޓް 2025 ވާ ބުދަ ދުވަހުން 25 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ ރަޖިސްޓަރ ޝީޓް ފުރުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 31 އޮގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި މިނިސްޓްރީ އޮފް ހެލްތުގެ ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 26 އޮގަސްޓް 2025 ވާ ވާ އަންގާރަ ދުވަހު ހެނދުނު 11:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި ޕްރޮޕޯސަލް ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.
19 ޞަފަރު 1447