ދިވެހިރާއްޖެ
އިޢުލާނު
މި އޮފީހަށް ބޭނުންވާ ސިނޮލޮޖީ ރެކް ސްޓޭޝަނާއި ވިންޑޯސް ސަރވަރ އަދި ވިންޑޯސް ސަރވަރ ލައިސެންސް ވިއްކާނެ ފަރާތެއް ހޯދުން
މި އޮފީހަށް ބޭނުންވާ، މި ދަންނަވާ ސިނޮލޮޖީ ރެކް ސްޓޭޝަނާއި ވިންޑޯސް ސަރވަރ އަދި ވިންޑޯސް ސަރވަރ ލައިސެންސް ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
01.nos PowerEdge R760xs Rack Server
01.nos PowerEdge R760xs Rack Server
02.nos Windows Server 2025 Standard 10 vms
01.nos Synology RS4021XS + Rack Station
މި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް، 2025 އޮގަސްޓު 19 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން މި އިޢުލާނުގައިވާ އީމޭލު އެޑްރެހަށް މި ދަންނަވާ މައުލޫމާތު މޭލު ކުރުން އެދެމެވެ. މައުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓްރީ ވުމަށް ފޮނުވާ އީމޭލުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ކުންފުނީގެ ނަން:
ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:
އީ-މޭލު:
ފޯނު ނަންބަރު:
ބީލަމުގައި ރަޖިސްޓްރީ ވުމަށާއި މައުލޫމާތު ސާފުކުރުމަށް [email protected] އަށް މޭލުކުރުން އެދެމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2025 އޮގަސްޓު 19 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2025 އޮގަސްޓު 25 ވާ ހޯމަ ދުވަހުގެ 10:30 އަށް މި އޮފީހަށް ޙާޟިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކުގައި ހިމަނާފައިވާނެއެވެ.
19 ޞަފަރު 1447