ދިވެހިރާއްޖެ
މިމަރުކަޒުގެ ވޮޗަރުކަމުގެ މަޤާމަށް މީހަކު ބޭނުންވެގެން ކުރެވުނު ނަންބަރު: IUL)TAH-A/KSM/2014/01)ފ(21 އެޕްރީލް 2014) ގެ އިޢުލާނު ބާޠިލުކޮށް، އެމަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާނުކުރުމަށް، މިނިސްޓްރީ އޮފް ހެލްތުގެ ނަންބަރު: MEMO)23- ES/TAH/2015/141)ފ(16 ސެޕްޓެންބަރު 2015) ގެ މެމޯއިން އަންގަވާފައިވާތީ، އެއިޢުލާނު ބާޠިލުކޮށް، މިމަރުކަޒުގެ ވޮޗަރުކަމުގެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާނުކުރަމެވެ. މިވަޒީފާއަށް ބޭނުންވަނީ ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.
ވޮޗަރު |
މަޤާމު |
|
01 (އެކެއް) |
ބޭނުންވާ އަދަދު |
|
ރޭންކް:SS1 |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
މަޤާމުގެ ކްލެސިފިކޭޝަން |
މަހަކު: -/3100 ރުފިޔާ |
މުސާރަ |
|
މަހަކު: -/1000 ރުފިޔާ |
ސާރވިސް އެލަވަންސް |
|
ތ.ކަނޑޫދޫ ޞިއްޙީމަރުކަޒު، ތ.ކަނޑޫދޫ |
މަސައްކަތްކުރަންޖެހޭ ތަން |
|
- ކަނޑައެޅިފައިވާ ޑިއުޓީގައި ޞިއްޙީމަރުކަޒުގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަޙައްދު ބެލެހެއްޓުން. - ތަނުގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ކުރަންޖެހޭ ކަންކަން ޞިއްޙީމަރުކަޒުން އަންގާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުން. |
ކުރަންޖެހޭ މައިގަނޑު މަސައްކަތް |
|
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން. |
ޝަރުޠު |
|
1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު، 2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ، 3. ޤާބިލުކަން ކަށަވަރުކުރުމަށް ކުރެވޭ އިންޓަރވިއު. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް |
|
1. ސިވިލްސާވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް. 2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތީން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ ރޭޓަކުން ރިސްކް އެލަވަންސް. |
ޢިނާޔަތްތައް |
|
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު. (ވަޒީފާއަށް އެދޭ ފޯމު ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މި ޞިއްޙީމަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާރވިސްގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ) 2. ސިވިލް ސާރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީދާ އަދާކުރާ އޮފީހުގެ ލިޔުން. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ 5 ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗް ކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ) |
ހުށަހަޅަންޖެހޭ ލިޔުންތައް |
|
11 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިމަރުކަޒަށް ހުށަހެޅުން އެދެމެވެ. (ހުށަހަޅުއްވާ ފޯމުތައް ބަލައިގަތުން، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް މި ޞިއްޙީމަރުކަޒުގެ އޮފީސްބައިގައި ކުރިޔަށްދާނެއެވެ.) |
ސުންގަޑި |
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު، 10 ފަރާތަށްވުރެ އިތުރުވާނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި އެންމެމަތީ މާކްސް ލިބުނު 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި، ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުމުގެ ކުރިން އެކަން އެންގޭނެއެވެ. |
ޝޯޓްލިސްޓްކުރުން |
|
އިންޓަރވިއު ކުރިއަށްދާނީ 2015 އޮކްޓޫބަރުމަހުގައި ތ.ކަނޑޫދޫ ޞިއްޙީމަރުކަޒުގައެވެ. އިންޓަރވިއު ކުރާނޭ ތާރީޚު، އިންޓަރވިއު ބޭއްވުމުގެ 24 ގަޑިއިރު ކުރިން، އިންޓަރވިއުއަށް ހޮވިފައިވާ ފަރާތްތަކަށް އެންގޭނެއެވެ. |
އިންޓަރވިއު އޮންނާނޭ ތަނާއި ތާރީޚު |
|
އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 10:00 ން 12:00އަށް މިމަރުކަޒުގެ އޮފީސްބަޔަށް ދުރުވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. އަދި މިމަރުކަޒުގެ ނަންބަރު 6780020 ފޯނުންވެސް މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. |
އިތުރު މަޢުލޫމާތު |