ހއ. އުތީމު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ތަރުޖަމާނު

މި ޞިއްޙީމަރުކަޒުގައި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތައް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

ތަރުޖަމާނު

ބޭނުންވާ އަދަދު

01 ( އެކެއް )

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ އެސް 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޝަން / ސެކްޝަން

އޯ ޕީ ޑީ

ވަޒީފާ އަދާކުރަންޖެހޭ ތަން

ހއ. އުތީމު ޞިއްޙީމަރުކަޒު / ހއ. އުތީމު

އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭތަން

ހއ. އުތީމު ޞިއްޙީމަރުކަޒު

ކުރަންޖެހޭމައިގަނޑު މަސައްކަތްތައް

  1. ބަލިމީހާ ބުނާއެއްޗެއް އޭގެ އެންމެ ފުރިހަމަގޮތުގައި އިނގިރޭސިބަހުން ޑޮކްޓަރަށް ތަރުޖަމާކޮށްދިނުމާއި، ޑޮކްޓަރ ދެއްވާ ލަފައާއި މަޝްވަރާ އޭގެ އެންމެފުރިހަމަގޮތުގައި ބަލިމީހާއަށް ދިވެހިބަހުން ބުނެދިނުން
  2. މަރުކަޒުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް ދިވެހިބަސް އިނގިރޭސިބަހަށް، އަދި އެހެން މުވައްޒަފުންނަށް އިނގިރޭސިބަސް، ދިވެހިބަހަށް ތަރުޖަމާކޮށްދިނުން.
  3. ބަލިމީހުންނަށް އެހީތެރިވެ، ބަލިމީހުންނަށް ޚިދުމަތުގެ މަގުދައްކައިދިނުން.
  4. އާސަންދައިގެ ދަށުން ބަލިމީހުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުން.
  5. ބަލިމީހުން ބަލާ ކޮޓަރިއަށް ބޭނުންވާ ތަކެތި ކޮންމެދުވަހަކުވެސް ހަމަކޮށްދިނުން.
  6. ކޮންސަލްޓޭޝަންރޫމުގެ ސާފުތާހިރުކަން ބެލެހެއްޓުން.
  7. ކޮންސަލްޓޭޝަންރޫމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަކޮށްފައި ބެހެއްޓުން.
  8. ކޮންސަލްޓޭޝަން ރެޖިސްޓަރ ގަވާއިދުން ބެލެހެއްޓުން.
  9. މެޑިކަލްރެކޯޑްތައް ބެލެހެއްޓުމާއި ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވުން.

ތަޢުލީމާއި ތަޖުރިބާ

1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސާރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސާރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ:

ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑްލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި " ދިވެހި " މިމާއްދާއިން ދަށްވެގެން " ސީ " ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

އިނާޔަތްތައް

1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ އިނާޔަތު ފައިސާއާއި ރިސްކް އެލަވަންސް ލިބިލައްވާނެއެވެ.                                                 

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސް ވަޒީފާ އަށް އެދޭ ފޯމު، (މި ފޯމު ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ހއ.އުތީމު ޞިއްޙީމަރުކަޒުންވެސް ލިބެން ހުންނާނެއެވެ. )

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް ( އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ )

3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

4. މަސައްކަތުގެ ތަޖުރިބާ ދެނަގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗުކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކުރެވިފައިވާ ސީ ވީ )

ސުންގަޑި

މިމަޤާމަށް ކުރިމަތި ލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 18 އޮކްޓޫބަރު 2015 ވާ އާދީއްތަދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި އެފޯމާގުޅޭ ލިޔުންތައް ހއ. އުތީމު ޞިއްޙީމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު ނޮވެންބަރުމަހުގެ ތެރޭގައި ހއ. އުތީމު ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6500568 އެވެ. އަދި ވަޒީފާއަށް އެދޭ ފޯމު ސިވިލްސަރވިސްގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. އަދި އުތީމު ޞިއްޙީމަރުކަޒުންވެސް ލިބެން ހުންނާނެއެވެ.

21 ޛުލްޙިއްޖާ 1436

05 އޮކްޓޫބަރު 2015
ހޯދާ