މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަން ކެއަރ އުމްރާ ދަތުރު

ސަންކެއަރގެ ދީލަތި އެހީތެރިކަމާއެކު ނ. ކުޑަފަރީގައި ރަށްވެހިވެގެން ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން 10 ފަރާތަކަށް އުމްރާއަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ދެންނެވިފައިވާ 10 ޖާގައަށް މީހުން ހޮވުމުގައި އުމުރުގައި އުމުރާއެއް ނުވަތަ ހައްޖެއްކޮށްފައި ނުވާ ބޭފުޅުންނަށް އިސްކަންދެވޭނެ ވާހަކަ ދަންނަވަމެވެ. 10 ޖާގަ ބަހާލެވިފައިވާ ވަނީ އެކި އުމުރު ފުރާތަކަށް ބަހާލެވިގެންނެވެ.

 ސަންކެއަރގެ އެހީތެރިކަމާއެކު އުމުރާއަށް ފޮނުވުމަށް ހަމަޖައްސާ ފަރާތްތަށް ބަހާލުމުގެ އުސޫލުގައި ކޮންމެ އުމުރުފުރާ އަކަށް ކަނޑައެޅިފައިވާ ޖާގައަށްވުރެ އިތުރަށް ބޭފުޅުން ފޯމް ހުށައަޅާފައި ވަނީނަމަ ކަނޑައެޅިފައިވާ ކްރައިޓިރިއާ ވަކި ވަކީން ގުރުއަތު ނެގިގެން ދާނެއެވެ.

ކޮންމެ އުމުރު ފުރާއަކުން އުމުރު ފުރާތަށް ބަހާލެވިފައިވާ ގޮތުގެ ތަފްސީލީ ލިޔުން އިއުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ސަންކެއަރ  ގެ ދީލަތި އެހީތެރިކަމާއެކު 10 ފަރާތްތަކަށް އުމްރާއަށް ދިއުމަށް ހުޅުވާލި ފުރުސަތުގައި ބައިވެރިވުމަށް ތިރީގައިވާ ފޯމް 2025 ސެޕްޓެންބަރު 15 ވާ ހޯމަ ދުވަހުގެ ކުރިން ފުރުއްވުން އެދެމެވެ.

ބައިވެރިވުމަށް އެދި ހުށައަޅާ ފޯމް: https://shorturl.at/JGfxU

ފޯމް ފުރުމުގައި ކޮންމެ ބޭފުޅަކުވެސް އެ ބޭފުޅެއްގެ ޝަރުތު ހަމަވާ ކްރައިޓީރިއާ އެއްގައި ފާހަގަ ޖެއްސެވުން އެދެމެވެ. އަދި ދެމަފިރިއަކަށް ވަކި ވަކިން ވެސް ފޯމް ފުރިހަމަ ކުރެއްވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

13 އޮގަސްޓް 2025
ހޯދާ