މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މަނަދޫއިން ވިޔަފާރި އުސޫލުން ބިން ދޫކުރުމަށް އިޢުލާން ކުރުން

އިޢުލާން

 

ނ. މަނަދޫއިން ވިޔަފާރި އުސޫލުން ބިން ދޫކުރުމަށް އިޢުލާން ކުރުން

ނ. މަނަދޫ ސެވަންސްޓަރ ގޭގެ ހުޅަނގުން އޮތް ހުސްބިން ވިޔަފާރި އުސޫލުން ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން ދޫކުރުމަށް ނިންމާފައިވާ ބިމުގެ ތަފްސީލު ތިރީގައި އެވަނީއެވެ.

  • ބިމުގެ މުއްދަތު: 20 (ވިހި) އަހަރު
  • ބިމުގެ ބޮޑުމިން: 6,698 (ހަހާސް ހަސަތޭކަ ނުވަދިހަ އަށެށް) އަކަފޫޓު
  • ދޫކުރުމަށް ނިންމާފައިވާ ބިމުގެ އަދަދު: 01 (އެކެއް) ބިން

ވީމާ މި ބިން ކުއްޔަށް ނެގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 އޮގަސްޓް 2025 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 01 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ 13:00 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ވިމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.     

 

13 އޮގަސްޓް 2025

13 އޮގަސްޓް 2025
ހޯދާ