މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލް އިދާރާގެ ވެހިކަލް ގަރާޖު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން (ދެވަނަ ފަހަރު)
- މި އިދާރާއިން ތަކެތި ދިނުމުން، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، މި އިދާރާގެ ވެހިކަލް ގަރާޖު ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 278/278/2025/27(IUL) (1 ޖުލައި 2025) އިޢުލާނާ ގުޅިގެން ލިބިފައިވާ އަންދާސީހިސާބު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް، އަލުން މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިހާރުން ފެށިގެން 2025 އޯގަސްޓު 19 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު" ފުރިހަމަކޮށް ރަސްމީގަޑީގައި މިއިދާރާއަށް ފޯމު ހުށަހަޅައިގެން ނުވަތަ ތިރީގައިވާ މިއިދާރާގެ އީމެއިލް އެޑްރެހަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު" އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
- މި ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު މި އިޢުލާނާ އެކު އާންމު ކުރެވިފައިވާނެއެވެ. އަދި ރަސްމީ ގަޑީގައި މި އިދާރާއިން ލިބިލައްވާނެއެވެ.
- މި ޕްރޮޖެކްޓާ ގުޅޭ ބީލަންފޮތް 2025 އޯގަސްޓު 20 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މި އިދާރާއިން ގަންނަން ލިބިލައްވާނަމެވެ. ބީލަންފޮތް ވިއްކޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. ބީލަންފޮތުގެ އަގަކީ -/100 ރ. (ސަތޭކަ ރުފިޔާ) އެވެ. ބީލަން ހުށަހެޅޭނީ ބީލަންފޮތް ގަނެފައިވާ ފަރާތްތަކަށެވެ.
- މި ޕްރޮޖެކްޓާ ބެހޭގޮތުން ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުން އޮންނާނީ 2025 އޯގަސްޓު 21 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.
- މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ، 2025 އޯގަސްޓު 25 ވަނަ ދުވަހުގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 އޯގަސްޓު 28 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.
- މި ޕްރޮޖެކްޓާބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ނަރުދޫ
ދިވެހިރާއްޖެ
ފޯން: 6540049
އީމެއިލް: [email protected]
13 އޮގަސްޓް 2025
ހޯދާ