މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ސ. ގަން މެޓް އޮފީހުގައި ބޭނުންކުރި ކާރު އަދި ސައިކަލް ނީލަން ކިޔުން

ސ. ގަން މެޓް އޮފީހުގައި ބޭނުންކުރި ކާރު އަދި ސައިކަލް ނީލަން ކިޔުން

ސ. ގަން - މީޓިއޮރޮލޮޖިކަލް ސަރވިސް

 ނީލަންކިޔާ ކާރު އަދި ސައިކަލުގެެ ތަފްޞީލު

މި އޮފީހުގެ ކާރު އަދި ސައިކަލު، ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

  • 1 ކާރު (BB1A-G3630)
  • 1 ސައިކަލު (BA0A-G6217)

ތަކެތީގެ ތަފްޞީލް:

  • ކާރު : 10000 ( ފަނަރަ ހާސް ރުފިޔާ )
  • ސައިކަލު 4000 (ހަތަރު ހާސް ރުފިޔާ)

ނީލަން ފެށޭ އަގު:

  • ކާރު : 500 ( ފަސްސަތޭކަ ރުފިޔާ )
  • ސައިކަލު : 200 ( ދުއިސައްތަ ރުފިޔާ )

ނީލަމުގެ އަގަށް އިތުރު ކުރެވޭނެ މަދު މިންވަރު:

ވެހިކަލްތައް ބައްލަވާ ލެއްވުމަށް އެދިލައްވާ ފަރާތްތަކުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 ން 13:00 ށް މިއިދާރާއަށް ވަޑައިގަތުމުން ވެހިކަލް ދައްކާލުމުގެ އިންތިޒާމު ހަމަޖައްސައި ދެވޭނެއެވެ. 

މަޢުލޫމާތު ސާފުކުރުމާއި ތަކެތި ބެލުން:

ނީލަމުގައި ބައިވެރިވެލެއްވުމަށް އެދިލައްވާ ފަރާތްތަކުން އަގު

ހުށަހެޅުމަށް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ފޯމް، ކޮންމެ

ދުވަހެއްގެވެސް 12:00 ގެ ކުރިން މި އޮފީހުގެ ކައުންޓަރަށް،

ނުވަތަ މިއިދާރާގެ އީމެއިލް [email protected]

އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

ކޮންމެ ދުވަހަކު ހުށަހަޅާ އެންމެ މަތީ އަގު އެދުވަހެއްގެ 14:00ގައި މި އޮފީހުގެ ވެބްސައިޓް  https://www.meteorology.gov.mv/downloads ގައި  ޢާއްމު ކުރެވޭނެއެވެ. (ބަންދު ދުވަސްތައް ނުހިމަނާ)

އަގު ހުށަހަޅާނެ ތާރީޚް:

ހުށަހަޅުއްވާ އެންމެ މަތީ އަގާއި، އައި.ޑީ.ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏަކުން ހުށަހަޅުއްވާ ނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއެކު ނީލަމަށް ކަނޑައަޅާފައިވާ ވަގުތުގައި ހުށަހަޅަން ވާނެއެވެ.

ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

ސ. ގަން ، މީޓިއޮރޮލޮޖިކަލް ސަރވިސް

ތަކެތި ހުރި ތަން:

ސ. ގަން ، މީޓިއޮރޮލޮޖިކަލް ސަރވިސް

މަޢުލޫމާތު ސާފުކުރުމާއި އަގު ހުށަހަޅާނެ ތަން:

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7941839 އަށެވެ.

އިތުރު މަޢުލޫމާތު:

ނޯޓް:

ނީލަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 14 އޮގަސްޓް 2025 ވަނަ ދުވަހުން ފެށިގެންނެވެ. ނީލަމަށް ހުށަހެޅޭ އަގު ޖެހިޖެހިގެން ރަސްމީ 03 ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެ އަގަށް ނީލަން ނިންމާ ލެވޭނެއެވެ.  ނީލަމުގައި އެންމެ މަތީ އަގު ހުށަހަޅައިގެން ނީލަން ކާމިޔާބުކުރާ ފަރާތުން ނީލަން ނިމޭ ދުވަހުން ފެށިގެން ރަސްމީ 03 ދުވަހުގެ ތެރޭގައި މި އިދާރާއަށް ފައިސާ ދެއްކުމަށްފަހު 7 ދުވަސް ތެރޭގައި ތަކެތި ގެންދަންވާނެއެވެ.

 އަދި ދެންނެވިފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް އެފުރުސަތު ދެވޭނެއެވެ. ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތުންވެސް ފައިސާ ނުދައްކައިފިނަމަ 3 ވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް އެ ފުރުސަތު ދެވޭނެއެވެ. 3 ވަނައަށް ފުރުސަތު ދެވުނު ފަރާތުން ފައިސާ ނުދައްކައިފިނަމަ ނީލަން ބާޠިލު ކުރެވޭނެއެވެ. 

13 އޮގަސްޓް 2025
ހޯދާ