މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
ދިވެހިރާއްޖެ
ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުން

                                   އިޢުލާން

ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުން

މި މިނިސްޓްރީގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރު IUL)141-A/141/2025/93) (05 އޮގަސްޓް 2025) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެ ތަކެތި ނީލަން ކިޔުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރީމެވެ.

ވީމާ، ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2025 އޮގަސްޓް 19 ވާ އަންގާރަ ދުވަހުގެ 10:30 އަށް ގަލޮޅު ދަނޑު އެކޮމޮޑޭޝަން ބްލޮކްއަށް ވަޑައިގެން ދެއްވުންއެދެމެވެ. ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާޑުގެ ސާފު ކޮޕީއެއް އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއެއް ގެންނަވަން ވާނެއެވެ. 

މި އިޢުލާނާއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 3347373 (ޝާހު އިސްމާއީލް) އާއި ގުޅުއްވުން އެދެމެވެ. 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ. 

12 އޮގަސްޓް 2025
ހޯދާ