ދިވެހިރާއްޖެ
ތިރީގައި ތަފްސީލުދީފައިވާ ބޯޓު ނީލަން ކިޔަން ބޭނުންވެއެވެ.
- ބޯޓުގެ ނަން: ސުދިސަ ޕުތާ 2
- ރަޖިސްޓްރީ ނަންބަރު: IMUL-A-0606-CHW
- ބޯޓު ރަޖިސްޓްރީ ކޮށްފައިވާ ޤައުމު: ސްރީލަންކާ
- ނީލަން ފަށާ އަގު: 6’800’000.00 ރުފިޔާ
- ބޯޓް އޮތް ތަން: ދޫނިދޫ ބަނދަރު
މަތީގައި ބަޔާންކޮށްފައިވާ ބޯޓާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް 3339270 , 3339225އަށް ގުޅުއްވުން އެދެމެވެ.
- ނީލަން ކިޔަން ހަމަޖެހިފައިވާ ތަން: ދޫނިދޫ ބަނދަރު
- ނީލަން ކިޔާ ބޯޓް ދެއްކުން: 14 އޮގަސްޓް 2025 ބުރާސްފަތި ދުވަހުގެ 11:00 ގައި
- ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 21 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި
- ނީލަން ކިއުމަށް ހަމަޖެހިފައިވާ އުސޫލު: ދުވަހު ނީލަމުގައި
ނޯޓް: ބޯޓު ބައްލަވާލައްވަން އަދި ނީލަމުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުން މަތީގައި ދަންނަވާފައިވާ ދެދުވަހުގެ 09:00 އަށް 02 ޖެޓީ ސަރަޙައްދުން ދޫނިދޫއަށް ވަޑައިގެންނެވޭނެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމުގައި ދަންނަވަން.
ވީމާ މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް 21 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ނީލަމުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަން އަންގައި އިޢުލާންކުރީމެވެ. މި ނީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި މާލޭން ފުރުމަށް ހަމަޖެހިފައިވާ ދެދުވަހުގެ މަތީގައި ދަންނަވާފައިވާ ވަގުތަށް ޙާޟިރުވާ ބޭފުޅުންނަށް އެކަނި ކަމުގައި ދަންނަވަމެވެ.