އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ވަޔަރލެސް އެކްސެސް ޕޮއިންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

(IUL)38-AB/38/2025/119 :ނަންބަރު

އިޢުލާން

ވަޔަރލެސް އެކްސެސް ޕޮއިންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާނާއެކު ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް، ވަޔަރލެސް އެކްސެސް ޕޮއިންޓް  ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުޠުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުޅުވުން އޮންނާނީ 25 އޮގަސްޓު 2025 ވާ ހޯމަ ދުވަހުގެ 11:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރު، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 21 އޮގަސްޓު 2025 ވާ ބުރާސްފަތި ދުވަހުގެ 11:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

12 އޮގަސްޓް 2025
ހޯދާ