މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެންޑޮމެޓްރިއޯސިސް އަދި ޕީސީއޯއެއް (ޕޮލިސިސްޓިކް އޮވޭރިއަން ސިންޑްރޯމް) ގައިޑްލައިން ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން

އެންޑޮމެޓްރިއޯސިސް އަދި ޕީސީއޯއެއް (ޕޮލިސިސްޓިކް އޮވޭރިއަން ސިންޑްރޯމް) ގައިޑްލައިން ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 12 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުން ފެށިގެން 20 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 26 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަސް 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 24 އޮގަސްޓް 2025 ވާ އާދިއްތަ ދުވަހު މެންދުރުފަސް 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                       3 ރަބީޢުލްއައްވަލް 1447ހ

12 އޮގަސްޓް 2025
ހޯދާ