ދިވެހިރާއްޖެ
ފަލަސްތީނުގެ ޣައްޒާއަށް ކުރިމަތިކޮށްފައިވާ ބްލޮކޭޑް ނިމުމަށް ގެނައުމަށް ގޮވާލުމުގެ މަޤްސަދުގައި ދުނިޔޭގެ ފެންވަރުގެ ބޭއްވޭ ހަރަކާތެއްގައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އިން އިސްނަންގަވައިގެން "ޤައުމީ ބޮޑު އެއްވުން" މި ނަމުގައި ކޮންމެ ރަށެއްގައިވެސް ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ސަރަޙައްދީ ހަރަކާތުގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި، މިރަށުގައި ބޭއްވޭ ހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 އޯގަސްޓް 15 ވަނަ ދުވަހު 16:30 އިން ފެށިގެން 18:00 ގެ ނިޔަލަށެވެ. މިރަށުގައި މިހަރާކާތް ފެށިގެން ދާނީ ކައުންސިލް އިދާރާ ކުރިމަތިންނެވެ. މި ހަރަކާތުގައި ޣައްޒާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ފަންޑް ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިހަރަކާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެންދެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.